ޚަބަރު

އައިސީޖޭގެ އަމުރަށް މަރުހަބާ ވިދާޅުވެ ރައީސް ގޮވާލެއްވީ ގަތުލުއާއްމު ހުއްޓާލާ, ފަލަސްތީންގެ ދައުލަތެއް ޤާއިމް ކުރަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭއިން އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި ގަތުލްއާންމުގެ އަމަލުތަކަށް މަގުފަހިވާނެ ފަދަ ކަންކަން ހިނގިޔަ ނުދޭން ފިޔަވަޅުތައް އެޅުމަށް ނިންމި ނިންމުމަށް ދިވެހި ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

Ads by MWSC

ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަމާއި ގުޅިގެން ވިދާޅުވީ، އައިސީޖޭއިން ނެރެފައިވާ ވަގުތީ އަމުރުގައި ހިމެނޭ ގައްޒާ ގެ ރައްޔިތުންނަށް ދެކޮޅަށް ޤަތުލުޢާމު ހިންގުމަށް ގޮވާލުމަށް އަދަބު ދިނުމަށާއި އެކަމާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ނިންމުމަށް ރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖެއިން ޤަބޫލުކުރަނީ އިޒްރޭލުން ގައްޒާގެ ރައްޔިތުން މެރުން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށާއި، ވަގުތުން ދައިމީ ޙަމަލާ ބަދަލުކުރުމުގެ އެއްބަސްވުމެއް ޤާއިމް ކުރަން ޖެހޭ ކަމުގައެވެ. އަދި ކޮންމެ އިންސާނެއްގެ ފުރާނައިގެވެސް އަގެއްވާ ކަމަށާއި އެއީ ރައްކާ ކުރަން ޖެހޭ އެއްޗެއްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވައިގެ ހަމަލާތަކުންނާއި، ގެދޮރު ނައްތާލައިގެން އަދި އަޕާތައިޑް (ނަސްލީ ގޮތުން ތަފާތުކޮށް އެކަހެރިކޮށް ގެންގުޅުމުގެ އުސޫލު) ގެންގުޅެގެން އަމަން އަމާންކަން ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ދައިމީ އަމަންކަން ޤާއިމް ކުރެވޭނީ، 1967 ގެ ކުރީގެ ބޯޑަރުތަކަށް ތަބާވެ ފަލަސްތީނުގެ ވަކި ދައުލަތެއް ޤާޢިމްކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ ފަލަސްތީނު މައްސަލާގައި ބައިނަލްއަޤްވަމީ ހުރިހާ މައިދާނެއްގައިވެސް ފަލަސްތީނާއި އެއްކޮޅަށް ވަކާލާތު ކުރާ ޤައުމެކެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމް ކުރުމަށް އަބަދުވަސް ވަނީ ވަކާލާތު ކޮށްފައެވެ.

  1. މުސްލިމުން އެތަކެއް އަރުވަންދެކަށް ނަމާދު ކުރަމުން އައި އަޔޯދިޔާގެ ބާބަރި މިސްކިތް ތަޅާލާފަ ހިންދޫ ރާމް ބުދު ފަޅި އަޅާދިން މޯދީ ހިންގާފައި މިވަނީ ޖިނޮސައިޑް ޢަމަލު ތަކެއް އޭނާ ބޮއިކޮޓް ކުރަންޖެހޭ ހުރިހާ މުސްލިމުން، ބައިނަލް އަޤުވާމީ ޖިނާޢީ ކޯޓަށް ޝަކޮވާ ހުށަޅަންޖެހޭ !

  2. ފައިބާ

    އެމެރިކާ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް އަންނަނީ އެ ނަގޫކެނޑި ހިތުން ރާއްޖެ އަށް ބިރުދައްކާށޭ ތިޔާއީ އިންޑިއާ ސިފައިން ރާއްޖޭން ބާލާތީވެ އިންޑިއާ ބުނެގެން އެމެރިކާ ކުރާ ކަމެއް ނޫންތޭ އެމެރިކާ އިން ތިޔާ އުޅެނީ މިގައުމު ދެވަނަ ފަލަސްތީނަށް ހަދަންވެގެންނޭ މުއިއްޒުގެ ސަރުކާރުގައި އެއްވެސް ތެދުވެރިިކަމެއް އަދި އަމާނާތް ތެރިކަމެއް ނެތުމުންނޭ އިންޑިއާ ސިފައިން މިގައުމުގައި އަދިވެސް އެމެން ރައްޔިތުންގެ ޓެކްސް ޕޭޔަރ ފައިސާއިން މަހަކު 25 މިލިއަން ޑޮލަރު ބަނޑުއަޅާލާ އަޅާލާ އެތިބެނީ ކޮންމެހެން އެމެރިކާ ރާއްޖެ ނައިސް ފުރަތަމަ ފަލަސްތީނަށް ދޭ ހަމަލާ ހުއްޓާލިއްޔާ އެމެރިކާ މާތާހިރުވާނެ ނޫންތޭ އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓްގެ ދަތުރާއި ދިމާކޮށް ފަލަސްތީނަށް ތާއީދު ކުރާ ދިވެހިން އެމެރިކާ އާއި ދެކޮޅަށް މުޒާހަރާ ކުރަން ނިކުންނަންވީއޭ އިޒްރޭލު ސިފައިން ގާޒާއިން ފައިބާ އިންޑިއާ ސިފައިން މިގައުމުން ފައިބާ އިޒްރޭލު ސިފައިން ގާޒާއިން ފައިބާ އިންޑިއާ ސިފައިން މިގައުމުން ފައިބާ އިޒްރޭލު ސިފައިން ގާޒާއިން ފައިބާ އިންޑިއާ ސިފައިން މިގައުމުން ފައިބާ އިޒްރޭލު ސިފައިން ގާޒާއިން ފައިބާ އިންޑިއާ ސިފައިން މިގައުމުން ފައިބާ އިޒްރޭލު ސިފައިން ގާޒާއިން ފައިބާ އިންޑިއާ ސިފައިން މިގައުމުން ފައިބާ އިޒްރޭލު ސިފައިން ގާޒާއިން ފައިބާ އިންޑިއާ ސިފައިން މިގައުމުން ފައިބާ އިޒްރޭލު ސިފައިން ގާޒާއިން ފައިބާ އިންޑިއާ ސިފައިން މިގައުމުން ފައިބާ އިޒްރޭލު ސިފައިން ގާޒާއިން ފައިބާ އިންޑިއާ ސިފައިން މިގައުމުން ފައިބާ