Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޕްރޮގްރެސިވް ކޯލިޝަންގެ ވާދަވެރި ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ޕްރޮގްރެސިވް ކޯލިޝަންގެ ވާދަވެރި ޕްރައިމަރީގެ ވޯޓުލުން ފަށައިފި
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ތަމްސީލުކުރާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ. މާލޭގެ އިތުރުން ރަށްރަށުގައި ވޯޓުލުން ހެނދުނު 10:00 ގައި ފަށާފައިވާއިރު، ވޯޓުލުން ކުރިއަށްދާނީ ހަވީރު 05:00 އާ ހަމަޔަށެވެ. ޕްރޮގްރެސިވް ކޮންގްރެސް އިން ބުނެފައިވާ ގޮތުން މި  ޕްރައިމަރީގައި 73 ދާއިރާއަކަށް 71،597 މީހުންނަށް ވޯޓު ލެވޭނެެވެ. 283 ކެންޑިޑޭޓުން މި ޕްރައިމަރީގައި ވާދަކުރެއެވެ.

މާލޭގައި ވޯޓު ފޮށިތައް ބަހައްޓަނީ ހެންވޭރު ދަނޑު (އަތޮޅުތަކުގެ ފޮށިތައް)، ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓާ ކާމިލްދީދީ ސްކޫލް (ހުޅުމާލެ) ގެ އިތުރުން  ރެހެންދި ސްކޫލް (ހުޅުމާލެ) އެވެ.

ޕްރައިމަރީ އަކާ ނުލައި 13 މީހަކަށް ޓިކެޓު ކަށަވަރުވެފައިވާއިރު އެ މީހުންނަށް ޓިކެޓް ކަށަވަރުވީ  ކުރިމަތިލީ ދާއިރާތަކަށް އިތުރު މީހަކު ކުރިމަތިލާފައި ނުވާތީއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް