ފުވައްމުލަކުގައި ގެނބިގެން ޒުވާނަކު ނިޔާވެއްޖެ
ޏ. ފުވައްމުލަކުގައި ގެނބިގެން ޒުވާނަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ އުމުރުން 23 އަހަރުގެ ފިރިހެނެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވެފައިވަނީ މިއަދުގެ ހެނދުނުުގެ ވަގުތުގައެވެ. ފުލުހުން ވިދާޅުވީ, އެ މީހާ މިއަދު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުވާނާ ގެނބުނީ ރައްޓެހިންތަކަކާއެކު މޫދަށް އެރި އުޅުމުގެ ތެރޭގައެވެ.
Ads by Allied Insurance