Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޮންގްރެސް ޕާޓީގެ ޕްރައިމަރީގައި 87 އިންސައްތަ މީހުން ވޯޓު ލި!

ކޮންގްރެސް ޕާޓީގެ ޕްރައިމަރީގައި 87 އިންސައްތަ މީހުން ވޯޓު ލި!
ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ 87.6 އިންސައްތަ މީހުން ވޯޓު ލާފައިވާ ކަމަށް ކޮންގްރެސް ޕާޓީން ބުނެފިއެވެ. ކޮންގްރެސް ޕާޓީން މިއަދު އާންމުކުރި އިންތިހާބުގެ ވަގުތީ ނަތީޖާގައިވާ ގޮތުން އިންތިހާބުގައި 62759 ވަނީ ވޯޓު ލާފައިފަ އެވެ. ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 71،597 މީހުންނަށް ކަމަށް އިންތިހާބުގެ ކުރިން އެ ޕާޓީން ބުނެފައިވެއެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދިޔައިރު ބައެއް ދާއިރާތަކުގެ ވޯޓު ލެވޭ ލިސްޓާ ގުޅިގެން ބައެއް ހިތްހަމަނުޖެހުންތައް ހުއްޓެވެ. އެ މައްސަލަތައް ޕާޓީން ވަނީ ހައްލުކޮށްފައެވެ. ލިސްޓު މެދުވެރިކޮށް ވޯޓު އޮޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުތައް ވެސް އަމާޒުވިއިރު, ޕާޓީން އެ ތުހުމަތުތައް ދޮގުކުރެއެވެ. މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ އިންތިހާބުގައި 73 ދާއިރާއެއްގެ ވޯޓުލުން ކުރިއަށްދިޔައިރު އެކި ދާއިރާތަކުން 283 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. ކުރިން ވެސް މެންބަރުކަން ކޮށްފައިވާ ގިނަ މެންބަރުންނަށް މި އިންތިހާބުގައި ވަނީ ޓިކެޓު ކަށަވަރުވެފައެވެ. އަދި ގިނަ އާ ޒުވާނުން ވެސް ބައެއް ދާއިރާތައް ކާމިޔާބުކޮށްފައިވެއެވެ. އިންތިހާބުގައި 32 އަންހެނުން ވާދަކުރިއިރު އޭގެ ތެރެއިން ކާމިޔާބުވެފައިވަނީ އެންމެ އަންހެނަކަށެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި އެއް ކެންޑިޑޭޓަކު ކުރިމަތި ދާއިރާތަކުން 13 ބޭފުޅަކަށް މިހާރު ވަނީ ޓިކެޓް ކަށަވަރުވެފައެވެ.

އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވާ މާމިގިލީ ދާއިރާ އާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ އިތުރުން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް ވާދަކުރައްވާ މީދޫ ދާއިރާއަށް ޕީއެންސީން ވާދަނުކުރަން ވަނީ ނިންމައިފަ އެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް