ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ މީހުންނަށް މިއަދު ރަޖިސްޓްރީ ހަވާލުކުރަނީ
ބިންވެރިޔާ ސްކޫމްގެ ދަށުން ގޯތި ލިބިފައިވާ މީހުންނަށް މިއަދު ރެޖިސްޓްރީ ދޫކުރާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ
ވިދާޅުވެއްޖެއެވެ.
ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވިދާޅުވީ މިއަދު 10:00 އިން ފެށިގެން ރެޖިސްޓްރީ ދުކުރުން ކުރިޔަށް ދާނެކަމަށެވެ. އަދި ބިން ލިބޭ ފަރާތްތަކަށް އެ މިނިސްޓްރީގެ ފަރާތުން ގުޅާނީ 4004994 ނުވަތަ 4004794 އިން ކަމަށް ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 9003 ގޯތީގެ ތެރޭގައި ހިމެނެނީ, ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި, ގުޅީފަޅުން ދޫކުރާ 2,219 ގޯތީގެ އިތުރުން ގިރާވަރުފަޅުން ދޫކުރާ 5,433 ގޯއްޗެވެ.
އެކަމަށް ހުޅުމާލެއިން 26 ހެކްޓަރު, ގުޅީފަޅުން 42 ހެކްޓަރު އަދި ގިރާވަރުފަޅުން 73 ހެކްޓަރުގެ ބިން ބޭނުންވެއެވެ.
ގިރާވަރުފަޅުން ގޯތި ދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން އެ ފަޅު ހިއްކައިގެން 169 ހެކްޓަރުގެ ބިން އުފައްދަން ވަނީ ނިންމައިފައެވެ.
Ads by STO