ޚަބަރު

ވިޝާމް އަވަހާރަވުމަކީ ގާނޫނީ ދާއިރާއަށް ލިބުނު ބޮޑު ހުސްކަމެއް: ރައީސް ޞާލިޙް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ގާނޫނީ ދާއިރާއަށް ލިބުނު ބޮޑު ހުސްކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ވިޝާމް ރޭ ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިޙް ވިދާޅުވީ ވިޝާމް ކުއްލި ގޮތަކަށް އަވަހާރަވުމުން ރާއްޖޭގެ ޤާނޫނީ ދާއިރާއަށް ލިބިގެން އެދިޔައީ ނުހަނު ބޮޑު ހުސްކަމެއް ކަމަށެވެ.

އަދި އެހާ ޒުވާން އުމުރުގައި ރާއްޖޭގެ ލީގަލް ޕްރޮފެޝަން ކުރިއެރުވުމަށް ވިޝާމް ކޮށްދެއްވި މަސައްކަތް އަބަދުވެސް ފާހަގަކޮށްލެވޭނެ ކަމަށާއި މިހިތާމަވެރި ވަގުތު އާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

“މާތް ﷲ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި. އާމީން” ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކުރިން އެސިސްޓެންޓް އެޓާނީ ޖެނަރަލްގެ މަގާމުވެސް ފުރުއްވާފައިވާ ވިޝާމް ނިޔާވެފައި އޮތީ ދިރިއުޅުއްވާ ގޭތެރޭގައި ކަމަށް އެނގިފައިވެއެވެ.

ވިޝާމް އަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސްއެވެ.

ގާނޫނީ ވަކީލުންގެ ވޯޓޫން ހޮވާ މި މަގާމަށް ވިޝާމް އިންތިހާބު ކުރީ ޖޫން 11، 2022 ގައެވެ.

Ads by Ooredoo
  1. Thank you for the auspicious writeup It in fact was a amusement account it Look advanced to far added agreeable from you However how can we communicate