Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

8 ގަޑިއިރުގެ ބަހުގެ ދަތުރަށް ނިމުމެއް; ހައްޖު ކޯޕަރޭޝަން އުމްރާވެރިންގެ ދެން ދަތުރު ކުރާނީ ދެ ގަޑިއިރުން ދެވޭ ޓްރައިގައި!

8 ގަޑިއިރުގެ ބަހުގެ ދަތުރަށް ނިމުމެއް; ހައްޖު ކޯޕަރޭޝަން އުމްރާވެރިންގެ ދެން ދަތުރު ކުރާނީ ދެ ގަޑިއިރުން ދެވޭ ޓްރައިގައި!
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ކުރާ އުމްރާދަތުރުތަކުގައި, އުމްރާވެރިން މައްކާއިން މަދީނާއަށް ދަތުރުކުރުމަށް ބަހުގެ ބަދަލުގައި ހައިސްޕީޑު ޓްރެއިން ބޭނުން ކުރުމަށް އެ ކޯޕަރޭޝަނުން ނިންމައިފިއެވެ, ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް "ދެން" އަށް ވިދާޅުވީ, މީގެ ކުރިން 7 ގަޑިއިރު ވަންދެން އުފުލާ ބުރައަށް މި ބަދަލާއެކު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އިތުރަށް މިކަމަށް ހަރަދެއް ހިނގިނަމަވެސް, އުމްރާ ދަތުރުތަކުގެ އަގަށް ބަދަލު ނުގެންނާނެ ކަމަށާއި މަގުސަދަކީ އަޅުކަން ކުރުމުގައި ވީހާ ވެސް އަވަހަށް އެކަން ކުރުން ކަމަށް ޝަކީލް ވިދާޅުވިއެވެ. [caption id="attachment_206542" align="alignnone" width="690"] ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް[/caption] މި ބަދަލާ ގުޅިގެން ހައްޖު ކޯޕަރޭޝަން އިން ނެރުނު ބަޔާނެއްގައި ބުނީ, މީގެ ކުރިން މައްކާއިން މަދީނާއަށް އަދި މަދީނާއިން މައްކާއަށް ކުރާ ބަސް ދަތުރުތަކަކީ ގާތްގަނޑަކަށް 6 ނުވަތަ 8 ގަޑީއިރު އޭގައި ހޭދަވާ ވަރަށް އުނދަގޫ ދަތުރުތަކެއް ކަކަމަށެވެ. އެ ދަތުރުތަކުގައި ރާސްތާގައި ނަމާދުކުރުމަށާއި ފާޚާނާކުރުމަށް އަދި ކެއުމަށް މަޑުކުރަންޖެހޭ ތަންތަނަކީ އެހައި ސާފުތާހިރު ތަންތަން ވެސް ނޫން ކަމަށް ވެސް އެ ކޯޕަރޭޝަންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ބަދަލުގައި ހައި ސްޕީޑު ޓްރެއިންގައި ކުރާ ދަތުރުގެ ދިގު މިނަކީ ގާތްގަނޑަކަށް 2 ގަޑީރު ނުވަތަ 2 ގަޑީރާއި 20 މިނެޓު ކަމުން އެ ކަމަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ. "މި ޓްރެއިންތަކަކީ ވަރަށް ޖާގަ ތަނަވަސް، ރަނގަޅު ފެންވަރުގެ ހިދުމަތްތަކެއް ޢުމްރާވެރިންނަށް ފޯރުކޮށްދޭ ޓްރެއިން ތަކެކެވެ. މިކަމުގެ ސަބަބުން އުމްރާވެރިން މި ދަތުރުގައި ތަހައްމަލުކުރަމުންދިޔަ ބުރައަށް ވަރަށް ބޮޑު ލުއިކަމެއް ލިބިގެންދާނެއެވެ." އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ  ހައި ސްޕީޑު ޓްރެއިނަށް އިތުރު ހަރަދެއް ހިނގިނަމަވެސް, އެކަމަށް އުމްރާވެރިންގެ އަތުން އިތުރު އެއްވެސް އަގެއް ނުނަގާނެ ކަމަށާއި ކޯޕަރޭޝަނުން ކުރިއަށް ރާވާފައިވާ ހުރިހާ ދަތުރުތަކެއްގައިވެސް މި ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޓްރެއިންގައިކަމަށެވެ.

ދިވެހި ހައްޖު އަދި ޢުމްރާވެރިން މި އަޅުކަމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމާއެކު ފެންވަރު ރަނގަޅު އަދި ލުއިފަސޭހަ ހަދްމަތްތަކެއް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެއް ކަން އެ ކޯޕަރޭޝަނުން ފާހަގަކުރައްވައިފައިވެއެވެ. އަދި, ހައި ސްޕީޑް ޓްރެއިނަށް ދަތުރުތައް ބަދަލުކުރަން ނިންމި މި ނިންމުމުގައި ވެސް ރައީސް ދެއްވި ސަމާލުކަމާއި އެއްބާރުލުމަށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް