ޚަބަރު

އިންޑިއާ ސިފައިންގެ މައްސަލައިގެ ދެ ވަނަ ބައްދަލުވުން މިއަދު ދިއްލީގައި

އައިކާ ޔުނާން ، ދެން އޮންލައިން

ދިވެހިރާއްޖެއާ އިންޑިއާއިން މަޝްވަރާކުރަން ޖެހޭ ކަންކަމާއި ގުޅިގެން ދެ ޤައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ ހައިލެވެލް ކޮމިޓީގެ ދެވަނަ ބައްދަލުވުން މިއަދު އިންޑިއާގައި ކުރިއަށް ދާނެ ކަމަށް ހާރިޖީ ވުޒާރާ ބުނެފި އެވެ.

Ads by MWSC

ހާރިޖީ ވުޒާރާ މިއަދު ބުނީ, ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރާ އެކު މިދިޔަ އަހަރު ޑިސެމްބަރު މަހު ދުބާއީގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ލީޑަރުން އެއްބަސްވެވަޑައިގަތް ގޮތަށް އެކުލަވައި ލާފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ދެ ވަނަ ބައްދަލުވުން މިއަދު ކުރިއަށްދާނީ ދިއްލީގައި ކަަމަށެވެ.

ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.

މި ކޮމިޓީގެ ބައްދަލުވުމެއް މިދިޔަ މަހު ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ. ހަ ގަޑިއިރަށް ދެމިގެން ދިޔަ މި ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ދެ ފަރާތުން ވެސް ހާމަކޮށްފައެއް ނުވެއެވެ.

އެ ބައްދަލުވުމަށްފަހު އިންޑިއާގެ އެކްޓާނަލް މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ,
ދިވެހިންނަށް މެޑްވެކްގެ ޚިދުމަތް ފޯރުކޮށްދޭ އިންޑިޔާގެ ވައިގެ ދަތުރުފަތުރުގެ ޕްލެޓްފޯމްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ޓަކައި ދެޤައުމުގެ ދެމެދުގައި މަސައްކަތްކުރެވޭނެ ޙައްލެއް ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

ރާއްޖެއިން ވަނީ އިންޑިއާގެ ސިފައިން މާރިޗް 15ގެ ކުރިން އިންޑިއާއަށް އަނބުރާ ގެންދިއުމަށް އަންގާފައެވެ.

ރާއްޖެއިން ވަނީ މާރިޗް މަހުން ފެށިގެން މެޑިވެކަށް އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރުގެ ބަދަލުގައި މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ބޭނުން ކުރުމަށް ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!