Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިންޑިއާ ސިފައިން މަސްދޯނިތަކަށް އެރީ ބައިނަލްއަގްވާމީ ގާނޫނުތަކާ އުސޫލުތަކާ ހިލާފަށް: ދާހިލީ ވުޒާރާ

އިންޑިއާ ސިފައިން މަސްދޯނިތަކަށް އެރީ ބައިނަލްއަގްވާމީ ގާނޫނުތަކާ އުސޫލުތަކާ ހިލާފަށް: ދާހިލީ ވުޒާރާ
ދިވެހި ތިން މަސް ދޯންޏަކަށް އަރާފައިވަނީ އިންޑިއާގެ ކޯސްޓުގާޑުގެ ދެ އުޅަނދެއް ކަން ކަށަވަރުކުރެވިފައިވާ ކަމަށް ގަވައިދާ ހިލާފަށް ދިވެހި މަސްދޯނިތަކަށް އަރައި ހިންގި އޮޕަރޭޝަންގެ ތަފްސީލު ދޭން މިހާރު އިންޑިއާގައި ރަސްމީކޮށް އެދިފައިވާނެ ކަމަށް ދާހިލީ ވުޒާރާއިން ބުނެފިއެވެ. މި މައްސަލައިގައި ދާހިލީ ވުޒާރާއިން މިރޭ ނެރުނު ބަޔާނުގައި ބުނީ, "އަސުރުމާ3" ދޯންޏަށް އިންޑިއާ ސިފައިންގެ ބަޔަކު އެރި ކަމުގެ ރިޕޯޓު ލިބުމާއެކު, ސިފައިންގެ އެންމެ އިސްވެރިޔާ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމުރުފުޅަށް ކޯސްޓުގާޑު ޝިޕް "ޝަހީދު އަލީ" ވަގުތުން ރީޓާސްކު ކުރެވި އެ ސަރަހައްދަށް ދަތުރު ފެށި ކަމަށެވެ. ޝަހީދު އަލީ އެ ސަރަހައްދަށް ގޮސް ބެލި ބެލުމުން އިންޑިއާ ސިފައިން އިތުރު ދެ ދޯންޏަކަށް އަރާފައިވާ ކަން އެނގުނު ކަމަށް ބަޔާނުގައިވެއެވެ. ދާހިލީ ވުޒާރާއިން ބުނީ, ދިވެހި މަސްދޯނިތަކަށް އަރާފައިވަނީ އިންޑިއާގެ ކޯސްޓުގާޑް ޝިޕް 246 އާއި ކޯސްޓު ގާޑު ޝިޕް 253 ކަމަށެވެ. ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގަވައިދާ އެއްގޮތަށް މަސްވެރިކަން ކުރަމުން ދިޔަ ދޯނިތަކަށް އިންޑިއާ ސިފައިން އަރާފައިވަނީ ކަމާ ގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓުކުރުމެއް ނެތި, ބައިނަލްއަގްވާމީ ކަނޑުގެ އުސޫލުތަކާ ގާނޫނުތަކާ ހިލާފަށް ކަމަށް ވެސް ދާހިލީ ވުޒާރާއިން ބުނެފައިވެއެވެ. އަދި އުސޫލުން ބޭރުން ހިންގުނު އޮޕަރޭޝަންގެ ތަފްސީލް ދޭން ފެބްރުއަރީ އެއް ވަނަ ދުވަހު އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފައިވާނެ ކަމަށް ބުނެފައިވެއެވެ. އެ ވުޒާރާއިން ބުނީ ދިވެހި ކަނޑުތައް ހިމާޔަތްކުރުމުގައި ދިވެހި ދާހިލިއްޔާއިން ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

އިންޑިއާގެ ސިފައިންގެ ހަ މީހަކު ދޯންޏަށް އަރައި ބިރު ދެއްކިއިރު، އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް