ޚަބަރު

ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ރޭވިފައި ހުރި ކަންކަމާ ގުޅޭ މަޢުލޫމަަތު ވޯލްޑް ބޭންކާ ހިއްސާކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރިއަށް ރޭވިފައި ހުރި ކަންކަމާ ގުޅޭ މަޢުލޫމަަތު އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު، ވޯލްޑް ބޭންކާ ހިއްސާކުރައްވައިފިއެވެ.

Ads by Sosun Fihaara

މި މަޢުލޫމާތު ހިއްސާކޮށްފައިވަނީ ވޯލްޑް ބޭންކުން ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމާއި ސައީދު ވިދާޅުވީ، ވޯލްޑް ބޭންކްގެ ޓީމުން ރާއްޖެއަށް މިހާރު ކުރަމުންދާ ދަތުރުގެ ބޭނުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރިއަށް ރޭވިފައި ހުރި ކަންކަމާ ގުޅޭ މައުލޫމާތާއި އަދި ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމަށް ނަގާނެ ފިޔަވަޅުތައް ދެނެގަތުންކަމަށެވެ.

ވޯލްޑް ބޭންކުން ސައުތު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަ ނައިބު ރައީސް މާޓިން ރެއިޒަރ ވިދާޅުވީ ސައީދާއެކު ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރެވިފައިވާކަމަށެވެ. އަދި އަމިއްލަ ވިޔަފާރިތައް ކުރިއަރުވައި ރާއްޖޭގެ އިޤްތިސާދު ފުޅާކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައިވާކަމަށް މާޓިން ވިދާޅުވިއެވެ.

މާޓިން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަނީ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤާއި، ތިމާވެށްޓައި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމާވެސް ބައްދަލުކުރައްވާ މުހިންމު ދާއިރާތަކުން މަޝްވަރާކުރައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!