ޚަބަރު

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު އަމިއްލަ އަށް ބެލެހެއްޓޭނެ  ގާބިލްކަން އިތުރުކުރާނަން: ރައީސް

އައިކާ ޔުނާން ، ދެން އޮންލައިން

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން ރާއްޖޭގެ އަސްކަރިއްޔާގައި ވަރަށް އަވަހަށް ގާއިމް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ, ރާއްޖޭގެ 900،000 އަކަކިލޯ މީޓަރުގެ ބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން ގާއިމްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"ރާއްޖޭގެ 900،000 އަކަކިލޯ މީޓަރުގެ ބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރެވިގެންދާނެ," ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ, އެއްގަމާއި ވަޔާއި ކަނޑުގެ މަގުން ވެސް ރާއްޖެ ދިފާއު ކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލްކަން ރާއްޖޭގައި ވަރުގަދަ ކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަން މިހާރު ފަށާފައިވާ ކަމަށެވެ.

ރާއްޖެ ދުށް އެންމެ ވަރުގަދަ ގައުމީ ބަތަލުންގެ ތެރޭގައި ހިމެނޭ ބޮޑުތަކުރުފާނާއި ދޮންބަންޑާރައިންނާއި ބޮޑުރަސްގެފާނާއި އިސްކަންދަރު މަހާރަދުން ފަދަ ކޮންމެ ލީޑަރެއްގެ ޒައާމަތުގައި ވެސް ގައުމީ ދިފާއީ ބާރު ވަރުގަދަ ކުރައްވަން މަސައްކަތްތަކެއް ކުރެއްވި ކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވައިފައިވެއެވެ.

މީގެ ކުރިން އިގްތިސޯދީ ސަރަހައްދު ބަލަމުން ގެންދިޔައީ އިންޑިއާގެ އެހީތެރިކަމާއެކުގައެވެ. ނަމަވެސް އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތާއެކު ދެ ގައުމުގެ ގުޅުން ވަނީ ހީނަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!