އެކަނިވެރި މައިންގެ އިނާޔަތް އަންނަ އަހަރު ބޮޑުކުރަނީ

ކަނިވެރި މައިންގެ އިނާޔަތް އަންނަ އަހަރު ބޮޑުކުރާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ އާންމުންނަށް ރައީސާ ސުވާލުކުރެވޭ ގޮތަށް ކުރިއަށް ގެންދާ “ރައީސްގެ ޖަވާބު”ގައި އާންމުންގެ ފަރާތަކުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެ ފަރާތުން ކުރެއްވި ސުވާލުގައި ވަނީ އެކަނިވެރި މައިންގެ ޢިނާޔަތާ އަދި ޔަތީމު ކުދިންނަށް އަޅައިލުމުގައި ސަރުކާރުގެ ސިޔާސަތު އޮތް ގޮތަކީ ކޮބައިތޯ ދުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރުމަކީ އެމަނިކުފާނުގެ ވަޢުދެއް ކަމަށާއި އެ ވަޢުދު ފުއްދައިދެއްވާނެ ކަމަށެވެ.
"މި އަންނަ އަހަރަކީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރެވިގެންދާ އަހަރަށް ހަދާނަން. މި އަހަރު ވެސް އެ މަސައްކަތް ކުރަމުން މިދަނީ. އެއީ ވަރަށް އިސްކަން ދޭ ކަމެއް" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ޔަތީމު ކުދިން އަދި މުޖްތަމައުގައި ހަވާސާ ވެފައިވާ ކުދިންނަށް ކުރިއަށްވުރެ ބޮޑަށް ސަމާލުކަންދީ، އަޅާލުން ދޭނެ ކަމަށާއި އެކަން ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.