ޚަބަރު

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންނަށް ބުދަ ދުވަހުން ފެށިގެން ރަޖިސްޓްރީ ހަވާލުކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބިންވެރިޔާ ސްކޫމްގެ ދަށުން ގޯތި ލިބިފައިވާ މީހުންނަށް ބުދަ ދުވަހުން ފެށިގެން ރެޖިސްޓްރީ ދޫކުރާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ވިދާޅުވެއްޖެއެވެ.

Ads by STELCO

އެ ވުޒާރާއިން ވިދާޅުވީ ބުދަ ދުވަހުން ފެށިގެން ރަސްމީ ދުވަސްތަކުގެ މެންދުރު 14:00 އިން ފެށިގެން އިރުއޮއްސި 18:00 އާ ދެމެދު ރެޖިސްޓްރީ ދުކުރުން ކުރިޔަށް ދާނެކަމަށެވެ.

މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ އެ ދުވަހަކަށް ސޮއިކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ހާޒިރުވެވޭނެ ގަޑި އަދި ތާރީހް އެ މިނިސްޓްރީން އެ ފަރާތްތަކަށް އަންގާ ތަރުތީބަކުން ތާވަލު ކުރެވިގެން ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިކަމާއި ގުލޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން އެ ވުޒާރާގެ ހޮޓްލައިން ނަންބަރު 4004994 އަދި 4004797 އިން ރަސްމީ ގަޑިތަކުގައި ގުޅުވުމަށް ދަންނަވާ ކަމަށް އެ ޒުވާރާއިން ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!