ޚަބަރު

ރާއްޖެއަކީ މިނިވަންކަމާއި އަމިއްލަވަންތަކަން ދެމެހެއްޓޭނެ ޤައުމެއްކަން ރައީސް ދަނީ ސާބިތުކޮށްދެމުން: ޒަމީރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޚާރިޖީ ދާއިރާއިން މީގެކުރިން ލިބިފައިނުވާ އެތައް ކާމިޔާބީއެއް ރާއްޖެއިން މިއަދު ހޯދަމުންދާކަމަށާއި, އަމިއްލަ ވަންތަކަން ދެމެހެއްޓޭ ޤައުމަކަށް މިއަދު ރާއްޖެ ވަމުން އަންނަ ކަަމށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮޅުމަޑުލަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތ.މަޑިފުށި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ،. ޚާރިޖީ ދާއިރާއިން މިއަދު ރާއްޖެ ގިނަ ކާމިޔާބީތަކެއް ހޯދަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ އެކަމުގައި އަދާކުރައްވާ ދައުރު ވަރަށް ބޮޑުކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު އޮތީ ނުރައްކަލެއްގެ ތެރޭގައިކަމަށާއި، ނަމަވެސް ސަރުކާރުގެ މަސައްކަތްތަކާއެކު އެކަމުގައި ކުރިއެރުންތަކެއް ހޯދިއްޖެކަމަށެެވެ.

"2016 ވަނަ އަހަރު ފެށިގެން ދިވެހި ދައުލަތުގެ އެއިރުގައި ތިއްބެވި ޑިޕްލޮމެޓުންނާއި ރައީސް އޮފީހާއި މި ތަންތަނުން ކުރެއްވި މަސައްކަތުން ނުލިބޭ ފަދަ ކާމިޔާބީ ރައީސް ވަނީ ހޯދައްވާފައި. ރާއްޖޭގެ ދޭދޭ ގައުމުތަކުގެ ޑިޕްލޮމެޓިކް ދާއިރާއަށް ބަލާއިރު ރާއްޖޭ މިހާރު އޮތީ ވަރަށް ކުރީގައި" ވަޒީރު ޒަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓުމުގެ ގާބިލްކަން އިތުރުކުރުމަށް ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވިކަން ފާހަގަކުރައްވައި، ޚާރިޖީ ވަޒީރު ވިދާޅުވީ މިއީ މީގެ ކުރިން ވެރިކަން ކުރި އެއްވެސް ރައީސަކު ވިސްނަވާފައިވާ ކަމެއް ނޫން ކަމަށެވެ.

ޒަމީރު ވިދާޅުވީ ރާއްޖެއަކީ އެހެން ޤައުމުތަކަށް ބަރޯސާވެފައި އޮންނަ ގައުމެއްގެ ގޮތުގައި ވިސްނިފައި އޮތަސް، ރައީސް މުއިއްޒުގެ ދުރުވިސްނުން ފުޅާއެކު އެކަން ބަދަލުވެފައިވާކަމަށެވެ. އެގޮތުން ރާއްޖެއަކީ މިނިވަންކަން އަމިއްލައަށް ދެމެހެއްޓޭނެ ގައުމެއްކަން ރައީސް މުއިއްޒު ސާބިތުކޮށްދީފައިވާކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!