ޚަބަރު

އާޒިމަށް މި ސަރުކާރުން ރަނގަޅަށް ކުރި ކަމެއް ނުފެނުނު!

އަލީ ސަމާޙް ، ދެން އޮންލައިން
މެމްބަރު އަލީ އާޒިމް/ ފޮޓޯ: ދެން

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި އެއްވެސް ކަމެއް ރަނގަޅަށް ކޮށްދީފައިނުވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އަލީ އާޒިމް ސަރުކާރަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by STELCO

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފްލެޓް ލިބޭ ފަރާތްތަކަށް ވީހާވެސް އަވަހަށް ފްލެޓް ދޫކުރުމާއި ގޮވާލާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި އާޒިމް ވަނީ ބަހުގެ ހަމަލާތައް, ރައީސް މުއިއްޒު އަށް ފޮނުވާލާފައެވެ.

ރިޔާސީ ކެމްޕޭނުގައި މި ސަރުކާރުން ގެންގުޅުނު ''ދިވެހީންގެ ރާއްޖެ'' ސްލޯގަންއަށް އިޝާރާތް ކުރައްވާ އާޒިމް ވިދާޅުވީ ދިވެހީންގެ ރާއްޖެ އަކީ މަކަރު ހެދުމާއި އޮޅުވާލުން ކަމަށެވެ.

''ވެރިކަމަށް ވަޑައިގެންނެވީ ދިވެހީންގެރާއްޖެ، ވެރިކަމަށް ވަޑައިގެންނެވީ އެހެން ފޮޓޯއެއް ދައްކައިގެން. ތަކުރާރުކޮށް ދަންނަވަން ބޭނުން، ތިރީގައި އިނީ ޑރ މުއިއްޒު ޖަހާފައި، ރައީސް ޔާމީންގެ ފޮޓޯ ޖައްސަވައިގެން ރައްޔިތުންނަށް އޮޅުވާލައިގެން ދެން މިތަނަށް ވެރިވެ ހުރި ވެރިޔަކު ދިވެހިންނާ ދޭތެރޭގައި ރަނގަޅު ގޮތަކަށް ކަމެއް ދެކިދާނެ ކަމަކަށް ކަމެއް ކޮށްފާނެކަމަށް އުއްމީދުވެސް ކޮށްގެން ނުވާނެ'' ރައީސް މުއިއްޒަށް ބަހުގެ ހަމަލާ ފޮނުވަމުން އާޒިމް ވިދާޅުވިއެވެ. އެއަށް ފަހު އޭނާ ވިދާޅުވީ ރައްޔިތުންނަށް އުއްމީދު ދިނުން ފިޔަވައި އެހެން ކަމެއް ސަރުކާރަށް ކޮށްދެވިފައިނުވާ ކަމަށެވެ.

''މި ސަރުކާރުން ހަމައެކަނި ކުރެވޭ ކަމަކީ ވާހަކަ ދެއްކުން. ރައްޔިތުންނަށް އުއްމީދެއް ދިނުން، އަދި މިއަދާ ހަމަޔަށް ރަނގަޅު އެއްވެސް ކަމެއް މި ސަރުކާރުން ކޮށްފައި ނޯއްނާނެ'' އާޒިމް ވިދާޅުވީ ވެރިކަމަށް އަންނަ ކޮންމެ ބޭފުޅެއްގެ ވިސްނުމަކީ އިންތިހާބަށް ނުފޫޒޯ ފޯރުވައިގެން ގޯއްޗާއި ފްލެޓް ދިނުން ކަމުގައިވަނީނަމަ އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށާއި، އޮޅުވާލައިގެން ވެރިކަމަށް އަންނަ ފަރާތްތައް ބޭލޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

Ads by HDC
  1. ޢައިސަތު

    ހެހެހެހެހެހެހެ
    މިމީހުން ވެރިކަން ކުރީ ވަރަށް ރަގަޅަށްތާ
    ޢަދިވެސް ނަރުދަމާ އަޅަނީ އިންޑިޔާ މީހުން 500 މިހުން ހަމަނުވާ ރަށްް ތަކުުގައި 3 އަހަރު ވީއިރު އެންމެ ރަށެއްގައިވެސް މަސައްކަތް ނުނިމޭ

  2. ޒިޔާދު

    ތިއަދެކެވުނު ވާހަކަތަކުގެ ބަރުދަނެއް ނެއްދޯ އަދި އިއްޔެމެންދުރުހުވާކުރީ ކަލޭމެންހޭނެތިގެން ތިއަތެޅިގަތީ މަޖިލިސް ނުލިބޭނެކަމަށް

  3. ނުފަންނާނެ

    އޭނަޔަށް ރަގަޅުވާނެ އަދީބުއޭނަގެ އަތަށްދިން ކަޅުދަބަސް ކޭންސިންގ އައްދުން ދިޔާއެއްޗެއް އަޅާފަ ހުރިފުޅި އެއެއްޗެތި ފެންނާނެ އެމްއެމްޕީއާރުސީގެ ލާރިގަޑު އޭނަޔަށްއަބަދުފެންނާނެ ތިތިބެނީ އެއްކަހަލަ މީހުން ހިތަދޫ އަސްލަމް ކްެއީނު އަލީ އާޒިމަ ރޮޒޭނަ ހަސަން ލަތިފު ފަލާހު މީ ރާއްޖެއަށް ޑިމޮކްރެސީގެނައި އައްޕަ ކެނެރީގެ ގޮޅާބޯ ކައިރިން އެދުރުވެފަ ތިބި ހިލިހިލާ ޖަހަންޖެެހޭވަރު އިއްޒަތްތެތިން މަޖިލީހުގެ ބޯޑުގޮހޮޑާއިން

  4. ޅޮސްމާލު

    ރައްޔިތުންގެ މަޖިލިސް މެދު ހެންވޭރު ދާއިރާގެ މަގާމަށް ކުފޫ ހަމަނުވާ އަދި ބުއްދި ސަލާމަތުން ހުރި ސިކުނޑި އުނި އަދި ދެލޮލަށް ފެނުމުގެ މައްސަލަ ނޫޅޭ އެކަމަކު ހަގީގަތް ލޮލަށް ނުފެންނަ ގަމާރު އާޒިމަށް ވަރަށް ސަލާމް
    މަނިކުފާނުގެ ޅަނދޮޅުކަމުން ހަމަ ހައިރަންވެއްޖައިން މަނިކުފާނުގެ ލޯބިވާ ކެނެރިއްކޮއަށް މަނިކުފާނުގެ ކުރީގެ ލޯބި ރީނދޫ ޕާރޓީއިން ޓިކެޓް ނުލިބުނީ މަނިކުފާނުގެ ލޯބި ސޮރު އެކަމަށް ކުފޫ ހަމަނުވާތީކަން ނޭގުނީތީ އޖައިބުވަމެވެ. އެޔަކީ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް ލިބުނު ޑރ މުއިއްޒު ދެކެ ރުޅިއައިސް މޫނު ހަދަންޖެހޭވަރުގެ ކަމެއް ނޫނެވެ. އެހެންވީމާ މަނިކުފާނު ގާތުގެ ބުނެލަންއޮތީ އަޅުގަނޑު އަތުގައި އެބައޮތް ކުޑައިކޮށް ދަބަރު ހިލިފައި އޮތް ކޮށި ރޭޒަރެއް އޭގެއިން ހަށިގަނޑުގެ ކޮންމެވެސް ނާޒުކު ސަރަހައްދެއްގައި ގަނައިގެން ބޭލޭތޯ ބައްލަވާށެވެ.
    ވަރަށް ސަލާމް
    ޚާދިމަކުމް
    ކުއީނުގޭ ބޮޑުސޮރު