ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ދިރިއުޅުއްވުން މުލިއާގެއަށް ބަދަލުކުރައްވައިފި

ފައިނާ ފާއިޒް ، ދެން އޮންލައިން
މުލިއާގެ

ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، މުލިއާގެއަށް ދިރިއުޅުއްވުން ބަދަލުކުރައްވައިފިއެވެ.

Ads by MWSC

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މުލިޔާގޭގެ ގިނަ މަރާތްމާތުތަކެއް ކުރުމަށް ޓަކައި ރައީސް އަދި ފަސްޓް ލޭޑީ ވަނީ އެމަނިކުފާނުގެ ގެކޮޅުގައި މަޑުކުރައްވާފައިއެވެ.

ނަމަވެސް ރައީސްގެ ދެކަނބަލުން މިވަނީ މުލިއާގެއަށް ދިރިއުޅުން ބަދަލުކޮށްފައިއެވެ.

ސަރުކާރުން މައުލޫމާތު ދީފައިވާ ގޮތުގައި މުލިޔާގެއަކީ ވަރަށް ދުވަސްވީ ގެކޮޅެއް ކަމުން އެ ގެކޮޅުގެ ބާވެފައި ހުރި ބައިތައް މަރާމާތުކުރަން ޖެހުނެވެ.

މި މަރާމާތް ތަކުގެ ސަބަބުން އެ ގެކޮޅުގެ އަސްލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައިއެވެ.

މުލިޔާގެއަކީ ރާއްޖޭގައި ވެރިކަމަށް އަރާވަޑައިގެން ހުންނަވާ ރައީސް ހުންނަވާ ރަސްމީ ގެކޮޅެވެ.

Ads by Ooredoo