ޚަބަރު

އައު ރިކޯޑެއް: އެއް ދުވަސްތެރޭ ރާއްޖެއަށް 8،900 ފަތުރުވެރިން

ރައުފާ ރަޝީދު ، ދެން އޮންލައިން

މި މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ނުވަހާހެއްހައި ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ.

Ads by MWSC

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފެބްރުއަރީ ތިންވަނަ ދުވަހު ޖުމްލަ 8،900 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މީގެ ކުރިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ދުވަހުގެ ގޮތުގައި ރެކޯޑު ކޮށްފައިވަނީ 23 ޑިސެމްބަރު 2023 ގައެވެ. އެ ދުވަހު 8،054 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 28،305 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިޓްލީއިންނެވެ. އެއީ 23،749 ފަތުރުވެރިންނެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން 23،399 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

ސަރުކާރުން އަމާޒުހިފާފައިވަނީ މިއަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!