ޚަބަރު

ޕާކިސްތާނުގެ ހިލޭ އެހީގައި ރާއްޖޭގައި މެޑިކަލް ސްކޫލަކާއި ޓީޗީންގ ހޮސްޕިޓަލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލާއި ޓީޗީންގ ހޮސްޕިޓަލް ޕާކިސްތާނުގެ ހިލޭ އެހީގައި އިމާރާތް ކޮށްދޭން ނިންމައިފިއެވެ. އެމްއެންޔޫގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވަނީ މެޑިކަލް ސްކޫލާއި، ޓީޗިންގ ހޮސްޕިޓަލުގެ ފަރުމާ ކޮށްފައިވާ ގޮތާއި އިތުރު މަޢުލޫމާތު ހިއްސާކޮށްފައެވެ.

Ads by Sosun Fihaara

އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ އިމާރާތުގެ ޑިޒައިން ވެސް ވަނީ ދައްކާލައިފަ އެވެ. ތިމާވެއްޓާ ރައްޓެހިކޮޑް ހަދާ މެޑިކަލް ސްކޫލާއި ޓީޗިން ހޮސްޕިޓަލް ޑިޒައިންކުރީ ޕާކިސްތާނުގެ އާތިފު ނަޒަރު ޕްރައިވެޓް ލިމިޓެޑުންނެވެ.

މެޑިކަލް ސްކޫލާއި ޓީޗިން ހޮސްޕިޓަލް އިމާރާތް ކުރަން ނިންމާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 5،700 އަކަމީޓަރުގެ ސަރަހައްދެއްގައެވެ.

މެޑިކަލް ސްކޫލަކީ 100 ދަރިވަރުންނަށް ޖާގަ އާއި ޒަމާނީ ވަޞީލަތްތަކާ އެކީ ގާއިމުކުރަން ނިންމާފައިވާ ތަނެކެވެ. ޤާއިމް ޓީޗިންގ ހޮސްޕިޓަލް ހަދަނީ 300 އެނދުގެ ހޮސްޕިޓަލެއްގެ ގޮތަށް ބަލި މީހުންނަށް ޚިދުމަތް ވެސް ދެވޭ ފެންވަރަށް ޒަމާނީ ޓެކްނޮލޮޖީ އެކުލެވޭ ގޮތަށެވެ.

މި މަޝްރޫއުތަކާ ގުޅޭ ގޮތުބް ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގިލާނީ ވިދާޅުވީ، މެޑިކަލް ސްކޫލާއި ޓީޗިންގހޮސްޕިޓަލަކީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މިސާލެއް ކަމަށެވެ. އަދި އެ އިމާރާތުގެ މަސައްކަތް، މަސައްކަތް ފަށާތާ ދެ އަހަރާއި ބައިގެ ތެރޭގައި ނިންމައި 2027 ވަނަ އަހަރު ހުޅުވާނެ ކަމަށް ވިދާޅުވިއެވެ.

އެމްއެންޔޫގެ މެޑިކަލް ސްކޫލުގައި މިހާރު 300 އެއްހާ ދަރިވަރުން ކިޔަވައެވެ.

Ads by Allied Insurance
  1. ގޮދާ ހަސަނު

    ހާދަ ފަލަސުރުޚީ ގިނަ ދުވަސްވަރެކޭ.

  2. ޙަސަން

    ނާންނާނެެ ބަދަލުގައިި ރާއްޖޭގެެ މިނިވަންކަންް ފޭރިގަންނާކަށް