ޚަބަރު

މަހްލޫފްގެ ރައްދު ނިޒާރަށް: އައްޑޫގައި ކުޅިވަރު ތަރައްގީކުރުމަށް ފާއިތުވެދިޔަ 5 އަހަރު އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރި

ރައުފާ ރަޝީދު ، ދެން އޮންލައިން

އައްޑޫ ސިޓީގައި ކުޅިވަރު ތަރައްގީއަށް ފާއިތުވި 5 އަހަރުތެރޭގައި އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރެވިފައި ވާކަމަށް ކުރީގެ ޔޫތު މިނިސްޓްރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

Ads by MWSC

މަހްލޫފް މިފަދައިން ވިދާޅުވީ ނިމިދިޔަ ސަރުކާރުން އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމް މަރާމާތުނުކޮށް ވީރާނާވާން ދޫކޮށްލި މައްސަލައިގައި އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ކުރީގެ ރައީސް އިބްރާހީމް މުޙަައްމަދު ޞާލިހްގެ ސަރުކާރަށް ފާޑު ވިދާޅުވުމާއި ގުޅިގެންނެވެ.

ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީގެ ސްޓޭޑިއަމްއަކީ މިދިޔަ 10 ވަރަކަށް އަހަރުތެރޭ އެއްވަރަަަކަށްވެސް މަރާމާތު ކޮށްފައިވާ ތަނެއް ނޫން ކަމަށެވެ.

މިކަމާއި ގުޅިގެން މަހްލޫފް ވިދާޅުވީ ނިޒާރު އެފަދައިން ވިދާޅުވީ އައްޑޫ ސިޓީގެ ސްޓޭޑިއަމް މަރާމާތުކުރިކަން ނިޒާރަށް އެނގިވަޑައިނުގަތީކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް ދެވަނަ ފަހަރަށް އެ އިމާރާތް ބާވެފައިހުރިވަރުން، ކުރީގެ ސަރުކާރުން ނިންމީ ހިތަދޫގައި ސިންޓެޓިކް ޓްރެކެއް ތަރައްގީކުރަން ކަމަށް މަހްލޫފް ވިދާޅުވިއެވެ.

އެގޮތުން އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 40 މިލިއަން ޑޮލަރު ހޯދާ އެޕްރޮޖެކްޓު ތަކުގެ ތެރޭގައި ހިތަދޫ ސިންތެޓިކް ޓްރެކް ތަރައްގީކުރަން ބޭނުންވާ 1.6 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށާއި ބިޑުތައް ނަގާ އިވެލުއޭޝަން ވެސް ނިންމާފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

“މިސަރުކާރަށް ހަމައެކަނި އޮތްކަމަކީ ވީހާވެސް އަވަހަށް ސޮއިކޮށް މަސައްކަތްފެށުން
‏ހިތަދޫ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ގެ ބިޑު ނަގާ އިވެލުއޭޝަންް ވާނީ ނިންމާފަ. އަވަހަށް ސޮއިކޮށް މަސައްކަތް ފަށަންވީ”

‏ފާއިތުވި 5 އަހަރު އައްޑޫގައި ކުޅިވަރު ތަރައްގީ ކުރުމައް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރެވިފައިވާ ކަމަށާއި އޭގެ ތެރޭގައި 4 ބޮޑު ފުޓުބޯޅަ ދަނޑު. 2 ސުވިމިންގ ޓްރެކު، ބެޑްމިންޓަން އިންޑޯ، އައުޓްޑޯ ވޮލީ ކޯޓު، އައުޓްޑޯ، އަދި ކުޑަކުދިންގެ ޕާކު އަދި 3 ފުޓްސަލް ދަނޑު ހިމެނޭ. ކަމަށެވެ.

“ބޭޑްމިންޓަން އިންޑޯ ވީރާނާވެގެން ދިޔަނުދިނުމަށް އެތަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށް ރަނގަޅު ބެޑްމިންޓަން ޑިވެލޮޕްމަންޓު ޕްރޮގްރާމެއް ހިންގަން ތަކުރާރުކޮށް އާދޭސްކުރެވުނު”

‏މަހްލޫފް ވިދާޅުވީ ނެޝަނަލް ޓީޓީ ސެންޓަރު ގާއިމްކުރުމަށް ޓީޓީ އެސޯސިއޭޝަން އާއިއެކު ކުރި މަސައްކަތް ކާމިޔާބު ނުވީ ކައުންސިލުގެ އެންބާރުލުން ނުލިބިގެން ކަމަށާއި އިންޑޯ ވޮލީ ކޯޓު ހަދަން ކައުންސިލާ ހަވާލުކުރިތާ 3 އަހަރު ވީއިރުވެސް އެމަސައްކަތް ވެސް ފެށިފައިނުވާ ކަމަށެވެ.

  1. ޝިނާޒް

    މަހްލޫފް އަކަށް ރައްދެއް ނުދެވޭނެ. ޏިޒާރު ދެއްކީ ހަގީގީ ވާހަކަ. ނިޒާރު ދެއްކީ ހަގީގީ ވާހަކަ ކަން އައްޑޫ ރައްްޔިތުންނަށް އެނގޭނެ. ވޭތުވެދިޔަ 5 އަހަރު ސްޓެޑިއަމް މަރާމާތެއް ނުކުރޭ. ރައީސް ޔާމީން ދައުރުގަ ސިޑިބަރި ބޮޑުކޮއް އޭގެ ދަށުގަ ހެދި ކޮޓަރިތަކާއި އޮފީސް ތައް ހުރި ގޮތައް ހުރީ މަރާމާތު ނުކޮއް. މަހްލޫފް ދައްކަނީ ފްޓްސަލް ދަނޑެއް ހެދި ވާހަކަޔާއި ބެޑްމިންޓަން ކޮމްޕްލެކސް ހެދި ވާހަކަ. ޢެތަންތަން އޮންނަނީ ސްޓޭޑިއަމް އަކު ނޫން. މުޅިން މައުލޫން ބޭރު ވާހަކަ. ޢަނެއްކާ ބެޑްމިންޓަން ކޮމްޕްލެކްސް ނޫން ހުރިހާ ކަމަކީ ސީދާ ޔާމިީން ސަރުކާރުގަ ބަޖެޓް ކޮއް ފަށާފަ ހުރި ކަންތައް. މަހްލޫފް އައް 5 އަހަރުން އެންމެ ކަމެއްވެސް އޭގެއިން ނިންމާ ނުލެވުނު.