ބާ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވާލައިފި

ބާ ކައުންސިލުގެ ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އެ މަގާމަށް ހުޅުވާލާފައިވަނީ ބާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އިސްމާއީލް ވިޝާމް އަވަހާރަވުމާއި ގުޅިގެންނެވެ.
ބާ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ރައީސްގެ މަގާމު އަދި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގެ މަޤާމަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު މާޗް މަހުގެ 17 ވާ އާދިއްތަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި ކަމަށެވެ.
ބާ ކައުންސިލުގެ ރައީސް ކަމަށް ކުރިމަތިލާ ފަރަތްތަކުގެ ޝަރުތުތައް:
- ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ހުރުން؛
- ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން؛
- ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.






ކޮމެންޓް