ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކަމަށް
ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވީ ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލަން ފިލާތިބެ ބަޔަކު މަސައްކަތްކުރަނީ އިންތިޒާރު ކުރި ގޯސްހާލަތަށް ރާއްޖެ ވައްޓާނުލެވުމުން ސިޔާސީ ގޮތުން މާޔޫސްވެގެން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލަން ފިލާތިބެ ބަޔަކު މަސައްކަތް ކުރަނީ އިންތިޒާރުކުރި ގޯސް ހާލަތަށް ރާއްޖެ ވައްޓާ ނުލެވުމުން ސިޔާސީ ގޮތުން މާޔޫސްވެގެންނެވެ.
މިކަމާއި ގުޅިގެން ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކަމަށާއި އަބަދުވެސް ޗެލެންޗް އޮތީ ސަރުކާރުގެ މާލީ ހާލަތުގަ ކަމަށެވެ.
“ބައިލެޓަރަލް ރިލޭޝަންތައް ދަމަހައްޓާ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ނުވާގޮތައް ހައްލުކުރެވެންވާނެ. އައިއެމްއެފް ގެ ފްރޮގްރާމަކަށް ނުގޮސްވާންވާނެ. ދާންޖެހޭނީ ކަންކުރުމުގެ ވައްޓަފާޅިނެއްނަމަ” ފައްޔާޒު ވިދާޅުވިއެވެ.
އިންޑިއާ އިން ވަރަށް ޖެލަސް ވާނެ ރާއްޖޭގެ އިގްތިސާދު އިންޑިއާގެ އިގްތިސާދު ފަހަނައަޅާ ހިނގައިދާނެތީވެ އެހެންވެ އެމެން އަޑީގައި ތިބެގެން ފަތުރާ ޕްރޮޕެގެންޑާ އެކޭ އެއީ އައިއެމްއެފް ޕްރޮގްރާމް ގައި ރާއްޖެ ބައިވެރިވާން ޖެހެއޭ ކިޔާ ޕްރޮޕެގެންޑާ ފަތުރަމުންދަނީ ޗައިނާ އާއި އެކު މުއިއްޒުގެ ސަރުކާރުން އެބަޖެހޭ ވަރަށް އެގްރެސިވް ކޮށް ދެގައުމުގެ ކަރަންސީ ބޭނުންކޮށްގެން ޗައިނާ އާއި ރާއްޖެ އާއި ދެމެދު ވިޔާފާރި ކުރަން ފަށަން ފްރީ ޓްރޭޑް އެއްބަސްވުން އަވަސްކުރޭ