ބައިނަލްއަގުވާމީ ޕީސް ކޭބަލް ރާއްޖެއަށް ގުޅާލުމުގެ އަމަލީ މަސައްކަތް ފަށައިފި
![](https://dhen.mv/wp-content/uploads/2024/02/DE296723-71F1-4F35-B744-A59C7872927A-850x548.webp)
އުރީދޫ މޯލްޑިވްސްއިން ބައިނަލް އަގުވާމީ ޕީސް ކޭބަލް ރާއްޖެއާ ގުޅާލުމަށް ކުރަމުންދާ މަސައްކަތުގައި މިއަދު ޕީސް ކޭބަލް ކުޅުދުއްފުށި ސިޓީއަށްއަށް އެއްގަން ކޮށް، އެރަށުގައި ގާއިމް ކޮށްފައިވާ އުރީދޫގެ ލޭންޑިންގް ސައިޓާއި ގުޅާލައިފިއެވެ.
ޕީސްކޭބަލް ސައިޓާ ގުޅާލީ މިއަދު ކުޅުދުއްފުށީގައި އެކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފެވެ.
މި ބަައްދަލުވުމުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ޝަރީފް ވިދާޅުވީ، ރާއްޖެއާ ސިންގަޕޫރު އަދި ޔޫރަޕާ ގުޅާލެވޭ ޕީސް ކޭބަލް ކުޅުދުއްފުށީގައި އެޅުމަކީ ކުޅުދުއްފުށްޓަށާއި، މުޅި ރާއްޖެއަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.
އަދި، މި މަސައްކަތުގެ ސަބަބުން މުޖުތަމައަށް އިތުރު މަންފާ ލިބި އިތުރު ދޮރުތަށް ހުޅުވިގެންދާނެކަމުގެ ޔަގީންކަމަށް ވިދާޅުވި މި ކާމިޔާބީއަށްޓަކައި އުރީދޫއަށް ޝުކުުރުއަދާ ކުރެއްވިއެވެ.
ޕީސް ކޭބަލްގެ ލޭންޑިންގ ސްޓޭޝަންއަށް ކާމިޔާބުކަމާއެކު ގުޅާލުމާއެކު ރާއްޖޭގައި އުތުރު ވެގެންދާނީ އިރުމައްޗާއި ހުޅަނގަށް ޑިޖިޓަލް ފުރުސަތުތައް ފަހިކޮށްދޭނެ މަންޒިލަކަށެވެ. ހައިޕަސްކޭލަ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުޞަތުތަކުގެ އިތުރުން ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރުގެ ހިދުމަތް ހޯސްޓްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. ހަމައެހެންމެ، އުތުރުގެ ރަށްތަކުގައި ޑިޖިޓަލް ވިޔަފާރިތަކާއި ސޮފްޓްވެއާ ޑިވެލޮޕްމަންޓް ފެސިލިޓީތައް ކުރިއަރައިގެން ދާނެއެވެ.