ޚަބަރު

ރައީސް މުއިއްޒަށް އިތުބާރުކުރުމަކީ ބުއްދި ސަލާމަތުން ހުރި މީހަކު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: ޖަމީލް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް މުއިއްޒަށް އިތުބާރުކުރުމަކީ ބުއްދި ސަލާމަތުން ހުރި މީހަކު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމްގެ އިސް ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޖަމީލް މިފަދައިން ވިދާޅުވީ މިފްކޯއިން މަސްކިރުމަށް ފަހު މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުލިބި އެތައް މަސްތަކެއް ވެފައިވާތީ ގއ. ކޫއްޑޫގައި މަސްވެރިން މުޒާހަރާކޮށް މިފްކޯގެ އޮޕަރޭޝަންތައް ހުއްޓުވާލުމާއި ގުޅިގެންނެވެ.

ފައިސާ ނުލިބި ލަސްވާ މައްސަލާގައި ގިނަ އަދަދެއްގެ މަސްވެރިން ވަނީ މިއަދު ކޫއްޑޫ މަސް ފެކްޓަރީ ކައިރިއަށް ޖަމާވެ އިހުތިޖާޖުކޮށްފައެވެ.

މިކަމާއި ގުޅިގެން ޖަމީލް ވިދާޅުވީ ރައިސް މުއިއްޒަށް އިތުބާރުކުރުމަކީ ބުއްދި ސަލާމަތުން ހުރި މީހަކު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި ފެށީ ރައީސް ޔާމީނަށް ދޮގު ހަދާ ޙަރާމް ޙުކުމުގެ ވާހަކަ ދައްކަމުން ކަމަށެވެ. އަދި މިއަދު މަސްވެރިންނަށް ފައިސާ ނުދީ ސިޔާސީ މަގާމް އުފައްދަމުންދާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

Ads by HDC
  1. ޔާމީން ޖަމީލަށް އިތުބާރު ކުރާއިރު އަހަރެމެންގެ ރައީސަށް އަހަރެމެން އިތުބާރު ނުކުރަންވީ ސަބަބެއްނެތް ޖަމީލު ކިތަށް ދޮގު ހެދި

  2. ބުއްދި

    ކަލޭ އެކަނިތޯ ބުއްދި ސަލާމަތުން ހުރީ؟