ޚަބަރު

ޝަރީފް ވިދާޅުވީ 35 އަހަރުތެރޭގައި ރައީސްފަދަ ގާބިލް ވެރިއަކު ނުފެންނަ ކަމަށް

އައިކާ ޔުނާން ، ދެން އޮންލައިން
މަރަދޫގައި ރައީސް ބޭއްވި ޖަލްސާގައި ޝަރީފް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ސިޔާސީ ދާއިރާގައި ހޭދަކުރި ފާއިތުވީ 35 އަހަރެއްހާ ދުވަސްތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރުގެ ކުޅަދާނަ އަދި ގާބިލް ވެރިއަކާ މިހާތަނަށް ދިމާވެފައި ނުވާ ކަމަށް އްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް މުއިއްޒު އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނާ އެކު މަރަދޫ ފޭދުއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިފަހުން ސަރުކާރާ ގުޅިވަޑައިގެންނެވި ޝަރީފް ވިދާޅުވީ, ކެމްޕެއިނުގައި ރައްޔިތުންނަށް ވީ ވައުދުތައް ރައީސް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ރައީސަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ޝަރީފް ވިދާޅުވީ, ރައީސަކީ ކިތަންމެ ބުރަކޮށް އުޅުއްވަމުން ވެސް، ރައްޔިތުންގެ ކަންކަން ގާތުން އޮޅުންފިލުއްވައި، ކުރާ ސުވާލުތަކަށް ޖަވާބު ދެއްވާ ބޭފުޅެއްކަމަށެވެ.

""އަޅުގަނޑުގެ 35 އަހަރުގެ ސިޔާސީ ދިގު ދަތުރުގައި ލިބުނު ތަޖުރިބާގެ އަލީގައި، ގައުމެއް ހިންގުމުގައި މި ރައީސަށް ވުރެ އަށްވުރެ، ކުޅަދާނަ، ގާބިލް، ރައްޔިތުންނާ ގާތުން ހިދުމަތް ކޮށްދެއްވާނެ، ދެވަނަ ރައީސަކު ނުހޯދޭނެ." ޝަރީފް ވިދާޅުވިއެވެ.

ސަރުކާރާ އިދިކޮޅު ޕާޓީން ކިޔާފާނެ އެއްޗަކަށް ވިސްނަން ނުޖެހޭކަމަށް ވިދާޅުވީ ޝަރީފް ވިދާޅުވީ އޭނާ ހުންނެވީ ރައީސްގެ ފަހަތްޕުޅުގައި ސާބިތުވެ ކަމަށެވެ. އަދި އޭނާ ޕީއެންސީއާ ގުޅިވަޑައިތީ ދަރިފުޅުގެ ވަޒީފާ ހިމާޔަތް ކުރުމަށް ދެއްކި ވާހަކައަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވީ ބައްޕައެއްގެ ހައިސިއްޔަތުން އޭނާ، އޭނާގެ އާއިލާއަށް ޓަކައި، އާއިލާގެ މަސްލަހަތު ހިމާޔަތްކުރުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!