ޚަބަރު

ސްޓެލްކޯ ދެމިއޮންނާނީ ރައްޔިތުންނާއެކު: ފަހުމީ

ފައިނާ ފާއިޒް ، ދެން އޮންލައިން
ސްޓެލްކޯގެ އެމްޑީ ފަހުމީ ކުންފުނީގެ ބޭފުޅުންނާއެކު / ފޮޓޯ: ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އަބަދުވެސް ވާނީ ރައްޔިތުންނާއެކު، އެ ރައްޔިތުންގެ ޚިދުމަތުގައި ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ފަހުމީ މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ. ސޯޝަލް މީޑިއާއާއި ނޫސްތަކުގައި 12 ގަޑިއިރަށް ވުރެ ގިނަ އިރު ދުވާފަރުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާކަމަށް ބުނެ ފެތުރިފައިވާ ހަބަރުތަކާއި ގުޅިގެންނެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯގެ އިންޖީނިއަރިން ޓީމުގެ އެހީތެރިކަމާއެކު އިއްޔެ ހެނދުނު 6:30 ހާއިރު ރ. ދުވާފަރުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް އެ ރަށަށް ކަރަންޓުގެ ހިދުމަތް ދެވިފައިކަމަށެވެ.

ރައްޔިތުންނަށް އަޅުގަނޑުމެންގެ ބޭނުން ޖެހޭ މިފަދަ ކޮންމެ ދަނޑިވަޅެއްގައި، އެއީ ޤައުމީ މަސައްކަތެއް ކަމުގައި ދެކި، ކުންފުނީގެ މުވައްޒަފުން ކުރައްވަމުންގެންދަވާ އިޚްލާސްތެރި މަސައްކަތްތަކަށް ފަޚުރުވެރިކަމާއި ސާބަހާއިއެކު ޝުކުރުދަންނަވަން.

ސްޓެލްކޯއިން ދަނީ ކެނޑިނޭޅު ރާއްޖޭގެ ރަށްތަކުގައި 24 ގަޑި އިރު ކަރަންޓުގެ ޚިދުމަތް ލިބޭނެކަން ކަށަވަރު ކުރުމަށް އެތައް މަސައްކަތެއް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ކުރިއަށް މިއޮތް ހޫނު މޫސުމަށް ތައްޔާރުވުމަށްވެސް އެ ކުންފުނިން ދަނީ ތައްޔާރީތައް ކުރިއަށް ގެންދަމުންނެވެ. މި ތައްޔާރީތަކުގެ ތެރެއިން މިހާތަނަށް ވަނި ޖެނެރޭޓަރުތަކެއް އިންސްޓޯލު ކުރުމުގެ މަސައްކަތްވެސް ފަށާފައިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!