ރާއްޖޭގައި އަޅާ އެންމެ ބޮޑު ބްރިޖުގެ ސާވޭގެ މަސައްކަތް މިސްރު ކުންފުންޏަކާއި ހަވާލުކޮށްފި

ރާއްޖޭގައި އަޅާ އެންމެ ބޮޑު ބްރިޖު ކަމަށްވާ، އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅާލާ ބްރިޖްގެ ސާވޭގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިސްރުގެ ކުންފުންޏަކާއި ސަރުކާރުން ހަވާލުކުރައްވައިފިއެވެ.
އެ މަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭ މަސައްކަތް ކުރިއަށްގެންދިއުމަށް ސަރުކާރުން ހަވާލުކުރައްވާފައިވަނީ މިސްރުގެ "ދި އަރަބް ކޮންޓްރެކްޓަރސް"އާއެވެ.
މިއަދު ހުޅުދޫ މީދޫ ގައި ބޭއްވި ރަސްމިއްޔާތުގައު މަޝްރޫއުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިެބެވެ. ދި އަރަބް ކޮންޓްރެކްޓަރސްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ބޯޑް މެންބަރު ހެބާ އަހުމަދު އަބޫ ލައިލާއެވެ.
އެ ރަސްމިއްތާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ސާވޭގެ މަސައްކަތް ނިންމާ ބްރިޖް މަޝްރޫއުގެ އަމަލީ މަސައްކަތްތައް މިއަހަރު ތެރޭގައި ނިމޭނެ ކަމަށެވެ. އަދި މި ދައުރު ތެރޭގައި ބްރިޖު ބޭނުންކުރެވެން ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބްރިޖަކީ ކޯޒްވޭ ހިމެނޭހެން 14-15 ކިލޯމިޓަރުގެ ބްރިޖެކެވެ.