Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފައިނުން ތިން މީހަކު ފައިލޭރިޔާއަށް ޕޮޒިޓިވްވެއްޖެ

ފައިނުން ތިން މީހަކު ފައިލޭރިޔާއަށް ޕޮޒިޓިވްވެއްޖެ

ރ. ފައިނުން ތިން މީހަކު ފައިލޭރިޔާ (ފައިފަލަ ބަލި) އަށް ޕޮޒިޓިވްވެއްޖެއެވެ.

ފައިނު ކައުންސިލުގެ ނައިބް ރައީސް ހަސަން ވަހީދު ''ދެން'' އަށް ވިދާޅުވީ ބައްޔަށް ތިން މީހަކު ޕޮޒިޓިވެފައިވާކަން ހެލްތު ސެންޓަރުން އަންގާފައިވާ ކަމަށެވެ.

އެއީ ތިން ބިދޭސީން ކަމަށް ވަހީދު ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބައެއްކަން ކަމެއް އެނގިފައެއް ނުވެއެވެ. އެކަމާއި ގުޅޭ ގޮތުން އެޗްޕީއޭއިން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

Advertisement
HDC — Sidebar (box)

ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިޔާގެ ކޭސްތަކެއް ޑިސެމްބަރު މަހު ހދ. ކުޅުދުއްފުށިން ވަނީ ފެނިފައެވެ. އެ ސިޓީން 25 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ފަހުން ހުޅުމާލެއިންވެސް ފައިލޭރިޔާގެ ކޭސްތަކެއް ވަނީ ފެނިފައެވެ. އެ އެންމެންނަކީވެސް ބިދޭސީންނެވެ.

އެޗްޕީއޭ އިން ދަނީ ފައިލޭރިޔާ ސްްކްރީން ޕްރޮގްރާމްތައް މުޅި ރާއްޖޭގައި ހިންގަމުންނެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް