Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހަނިމާދޫ އެއާޕޯޓުގެ އާ އޭޕްރަން ބޭނުންކުރަން ފަށައިފި

ހަނިމާދޫ އެއާޕޯޓުގެ އާ އޭޕްރަން ބޭނުންކުރަން ފަށައިފި
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އޭޕްރަންގެ މަސައްކަތް ނިމި، ބޭނުންކުރަން ފަށައިފިއެވެ. ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)އިން ބުނީ އެ އެއާޕޯޓުގެ ކުރީގެ އޭޕްރަން ބަންދުކޮށް އާ އޭޕްރަން އިއްޔެ ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. އާ އޭޕްރަން އަށް ފުރަތަމަ ޖައްސާފައި ވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެކެވެ.

އާރްސީއެލުން އާ އޭޕްރަންގެ ބޮޑުމިނުގައި 42،000 އަކަފޫޓު ހުންނާނެ ކަމަށާއި އެއްފަހަރާ ހަ ޖެޓު ޕާކު ކުރެވޭނެ ކަމަށެވެ. އެއާޕޯޓް ތަރައްގީކުރާ މަޝްރޫއު ނިމޭއިރު އެ ސަރަހައްދު ބޭނުންކުރާނީ އައިސޮލޭޝަން ބޭހެއްގެ ގޮތުގައި ކަމަށް އާރްސީއެލުން ބުންޏެވެ.

އާރްސީއެލުން މީގެ ކުރިން ބުނެފައިވާ ގޮތުން ހަނިމާދޫ އެއާޕޯޓްގެ މުޅި މަޝްރޫއު ނިމޭއިރު ރަންވޭ އޭ320 އާއި ބޮއިންގް 737 ބޯޓު ޖެއްސޭ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް