Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ލަންކާއިން ހައްޔަރުކުރި އަޝްމަލީގެ މައްޗަށް ކުޑަކުއްޖަކު ލައްވާ ހަށި ވިއްކި ކަން ސާބިތެއް ނުވި

ލަންކާއިން ހައްޔަރުކުރި އަޝްމަލީގެ މައްޗަށް ކުޑަކުއްޖަކު ލައްވާ ހަށި ވިއްކި ކަން ސާބިތެއް ނުވި

ސްރީލަންކާގައި ކުޑަ އަންހެން ކުއްޖަކު އިޝްތިހާރުކޮށް، އެ ކުއްޖާ ލައްވައި ހަށިވިއްކުވި މައްސަލައިގެ  ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ކޮލަމްބޯ ކޯޓުން ދޫކޮށްލައިފިއެވެ.

15 އަހަރުގެ އަންހެން ކުއްޖާ ލައްވައި ހަށިވިއްކުވި މައްސަލާގައި އަޝްމަލީ ހިމެނޭޙެން 32 މީހަކު ހައްޔަރުކުރިއެވެ.

އިއްޔެ ކޮލަމްބޯ ކޯޓުގެ މެޖިސްޓްރޭޓް ކޯޓުގެ އެޑިޝަނަލް މެޖިސްޓްރޭޓް ކެމިންދަ ޕެރޭރަ ވަނީ އަޝްމަލީ އާ އެކު އެ މައްސަލާގައި ހިމެނޭ 17 މީހަކު ދޫކޮށްލަން އަމުރުކޮށްފައެވެ.

Advertisement
HDC — Sidebar (box)

އެ މީހުން ދޫކޮށްލާފައިވަނީ އެކަށީގެންވާ ހެކި ނެތުމުންމެވެ. މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ލަންކާގެ މިހިންތާލޭ ޕްރަދޭސިޔާ ސަބާގެ ކުރީގެ ޑެޕިއުޓީ ޗެއާމަންވެސް ހިމެނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް