Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ތޮއްޑޫގައި ރަޝިޔާ މީހަކަށް ހަމަލާދީފި

ތޮއްޑޫގައި ރަޝިޔާ މީހަކަށް ހަމަލާދީފި

އއ. ތޮއްޑޫގައި ރަޝިޔާ މީހަކަށް ހަމަލާދީފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ތޮއްޑޫގައި ޑައިވް ވިލާ ސެންޓަރެއްގައި މަސައްކަތްކުރާ ރަޝިޔާ މުވައްޒަފެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގާފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ ހަވީރު 18:30 ހާއިރުއެވެ.

Advertisement
Ooredoo — Square (box)

ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވެފައި ވަނީ 42 އަހަރުގެ މީހަކަށް ކަަމަށެވެ.

އެ މީހާ އަށް ތޮއްޑޫ ހެލްތު ސެންޓަރުގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް އިތުރު މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުން އަންނަ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް