ޚަބަރު

ނަފްސާނީ އެހީ ދޭ ހެލްޕްލައިނެއް ފަށައިފި

ފައިނާ ފާއިޒް ، ދެން އޮންލައިން
ހެލްޕްލައިން ލޯންޗުކުރުމުގެ ރަސްމިއްޔާތު ތެރެއިން

ނަފްސާނީ އެހީތެރިކަން ދޭ ހެލްޕްލައިނެއް ހަމަޖައްސާ އެ ހެލްޕްލައިންގެ ހިދުމަތް ދޭން ފަށައިފިއެވެ.

Ads by MWSC

ބުދަ ދުވަހު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތް ތައާރަފްކޮށްދެއްވީ ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.

1677 މި ހެލްޕްލައިނަކީ 24 ގަޑިއިރު ހިދުމަތް ލިބޭ ހެލްޕްލައިނެކެވެ.

މި ހެލްޕްލައިންގެ މަގްސަދަކީ ހުރިހާ އުމުރުފުރާއަކަށް އަވަސް ސަޕޯޓް ދިނުންކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައިއެވެ.

ހެލްޕްލައިނުން ލިބޭޚިދުމަތްތަކުގެ ތެރޭގައި އަސާސީ، ނަފްސާނީ ފަސްޓް އެއިޑް، އިމޯޝަނަލް ސަޕޯޓް، މައްސަލަ ހައްލުކުރުން، މަޢުލޫމާތު އަދި އެކަށީގެންވާ ޚިދުމަތްތަކަށް ރިފަރ ކުރުން ހިމެނެއެވެ.

ސައިކޯ ސޯޝަލް ސަޕޯޓު ފޯރުކޮށްދިނުމަކީވެސް މި ހެލްޕްލައިން ގާއިމުކުރުމުގެ މަގުސަދެކެވެ.

ނަފްސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ހިދުމަތްތައް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 މަގުޗާޓުގައި ހިމެނޭ ކަމެއްކަން ފާހަގަކޮށްލެވެއެެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!