ޚަބަރު

ދިވެހިންނަށް އެމެރިކާ ވިސާ ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަޝްވަރާކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމެރިކާ އަށްދާ ދިވެހިންނަށް ވިސާ ނެގުމުގެ ނިޒާމް މިހާރަށް ވުރެން ފަސޭހަކުރުމުގެ އިތުރުން ގިނަ ދާއިރާތަކުން ރާއްޖެއާ އެކު މަސައްކަތް ކުރުމަށް އެ ގައުމުގެ ޑެޕިޔުޓީ ސްޓޭޓް ސެކްރެޓަރީ ރިޗަޑް ވަރްމާ އާ އެކު ފޮރިން މިނިސްޓަރު މޫސާ ޒަމީރު މަޝްވަރާކުރައްވައިފިއެވެ.

Ads by MWSC

ފޮރިން މިނިސްޓްރީން ވިދާޅުވީ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ވިސާގެ ކަންކަން ހަރުދަނާކުރުމާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މިނިސްޓަރ ޒަމީރާއި ޑެޕިއުޓީ ސެކްރެޓަރީ ވަރްމާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމެރިކާ އިން ރާއްޖެއާ މެދު ބަހައްޓަވާ ގާތްކަން ފާހަގަކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!