ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން އެމެރިކާއިން އިން ދެނީ އަށްމިލިއަން ޑޮލަރު

އަލީ ސަމާޙް ، ދެން އޮންލައިން
މިނިސްޓަރު ޒަމިރާއި، ޑެޕިއުޓީ ސްޓޭޓް ސެކެރެޓަރީ ވަރްމާއާ ދެ ބޭފުޅުން ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާ އިން ރާއްޖެ އަށް ޕެޓްރޯލް ބޯޓުތައް ގަތުމަށް ދޭން ނިންމާފައިވަނީ އަށްމިލިއަން ޑޮލަރުކަން ހާމަވެއްޖެއެވެ

Ads by MWSC

ރާއްޖޭގެ ކަނޑު ބަލަހައްޓަން ބޯޓުތަކެއް ދިނުމަށް މަޝްވަރާ ކުރެވެމުންދާކަމުގެ ވާހަކަ ހާމަކުރައްވާފައިވަނީ އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް ޑޮނަލްޑް ލޫއެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވީ ލޫ، އެ ވާހަކަ ތިލަކުރެއްވީ ދާދި ފަހުން ޔުނައިޓެޑް ސްޓޭޓްސް އިންސްޓިޓިއުޓް ފޯ ޕީސް (ޔޫއެސްއައިޕީ) ގައި ބޭއްވި އިންޑޯ-ޕެސިފިކް ގުޅުމާ ބެހޭ ޕެނަލް ޑިސްކަޝަނެއްގައެވެ.

އޭގެ ފަހުން އެމެރިކާގެ ޑެޕިޔުޓީ ސްޓޭޓް ސެކްރެޓަރީ ރިޗަޑް ވަރްމާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރުއާ ބައްދަލުކުރައްވާފައިވެއެވެ.

އެ ބައްދަލުވުމާއި ގުޅޭ ގޮތުން ސްޓޭޓް ޑިޕާޓްމެންޓުގެ ސްޕޯކްސް ޕާސަން މެތިއު މިލާ ވިދާޅުވީ، ވަރްމާއާ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، އިގްތިސާދީ ގުޅުން ބަދަހިކުރުމާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމާއި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރާއްވާފައިވާ ކަމަށެވެ.

''ޑެޕިއުޓީ ސެކްރެޓަރީ ވަރްމާ އާއި ފޮރިން މިނިސްޓަރު ޒަމީރު ވަނީ ޕެޓްރޯލް ކުރާ ހަތަރު ބޯޓަކަށް އެމެރިކާއިން އަށް މިލިއަން ޑޮލަރުގެ ފައިސާ ރާއްޖެއަށް ދިނުމަށް ރާވާފައިވާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި'' ސްޓޭޓް ޑީޕާޓްމެންޓުން ނެރުނު ޕްރެޒް ރިލީޒެއްގައި ބުންޏެވެ.

ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން އެ ބައްދަލުވުމާއި ގުޅޭ ގޮތުން ނެރުނު ބަޔާނުގައި އެ ވާހަކަ ހިއްސާކޮށްފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!