މާޅޮހުން ޕީއެންސީއަށް ތާރީޚީ މޮޅެއް، އެމްޑީޕީ ބަލިކޮށް ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފި

އއ. މާޅޮހު ކައުންސިލްގެ އަންހެން މެންބަރު ހޮވުމަށް ބޭއްވުނު ބައި އިލެކްޝަން ސަރުކާރު ކޯލިޝަންގެ މައި ޕާޓީ, ކޮންގްރެސް ޕާޓީން ކާމިޔާބުކޮށްފިއެވެ.
މިއީ ލާމަރުކަޒީ ޤާނޫނަށް އަމަލު ކުރަން ފެށި ފަހުން މާޅޮހުން ޕީޕީއެމް-ޕީއެންސީން ކާމިޔާބު ކުރި ފުރަތަމަ އިންތިޚާބެވެ. މާޅޮހަކީ އިދިކޮޅުގައި މިވަގުތު އޮތް އެމްޑީޕީގެ ސަޕޯޓަރުން ގިނަ ރަށެއްކަން ފާހަގަކޮށްލެއެވެ.
މި އިންތިޚާބުގައި ސަރުކާރުގެ ފަރާތުން ވާދަކުރި ކެނޑިޑޭޓަށް 266 ވޯޓް ލިބިފައިވެއެވެ. އެމްޑީޕީން ނިކުތް ކެނޑިޑޭޓަށް ލިބުނީ 165 ވޯޓެވެ.
މި އިންތިޚާބުގައި ވޯޓް ލުމުގެ ޙައްޤު ލިބިިފައިވާ މީހުންގެ ތެރެއިން 79.9 އިންސައްތަ މީހުން ވޯޓް ލާފައިވެއެވެ. އެއީ 213 ފިރިހެނުންނާއި 233 އަންހެނުން ހިމެނޭހެން ޖުމްލަ 446 މީހުންނެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ބޭއްވި ގިނަ ބައި-އިލެކްޝަންތައް ކާމިޔާބު ކުރަމުންދަނީ ސަރުކާރުގެ ކެނޑިޑޭޓުންކަން ފާހަގަކޮށްލެއވެެ.
ނަމެއްވެސް ނެތް