Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދިވެހި ދިދަ ފަޚްރުވެރިކަމާއެކު ވިހުރެވޭނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ސަރުކާރަށް ލިބިގެން: އަބްދުއްރަހީމް

ދިވެހި ދިދަ ފަޚްރުވެރިކަމާއެކު ވިހުރެވޭނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ސަރުކާރަށް ލިބިގެން: އަބްދުއްރަހީމް

ދިވެހިރާއްޖޭގެ ގައުމީ ދިދަ, ފަހުރުވެރިކަމާއެކު ވިހުރެވެން ޖާގަ ލިބޭނީ އަންނަ މަހު 17 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުގެ މައި ދެ ޕާޓީ, ޕީޕީއެމް-ޕީއެންސީއަށް ސުޕަ މެޖޯރިޓީ ލިބިގެން ކަަމަށް ސީނިއާ އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް އަބްދުއްރަޙީމް އަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.

އަބްދުއްރަޙީމް މިހެން ވިދާޅުވީ, ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ތިލަދުންމަތީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހއ. ވަށަވަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އަބްދުއްރަހީމް ވިދާޅުވީ ކެޔޮޅު ކިތަންމެ މޮޅަސް, ކަންނެތް ފަޅުވެރިން ތިބެގެން މަންޒިލަށް ވާސިލެއް ނުވެވޭނެ ކަމަށެވެ. އެ އިޝާރާތްކުރެެއްވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދައިދޭން މަސައްކަތް ކުރުމަށެވެ.

Advertisement
Allied Insurance — Square (box)

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ދިވެހިރާއްޖޭގެ ދިދަ މިނިވަންކަމާއެކުގައި ވިހުރުވުމަށް ކޮންމެހެން މުހިންމު ކަމެއް. އެދިދަ ފެއްސާރަތާއި ހުދުން ފަޚްރުވެރިކަމާއެކު ވިހުރޭނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިގެން'' ރައީސް މުއިއްޒުގެ އުފަން ރަށުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަކީ ރާއްޖޭގެ މިނިވަންކަމާއި ގައުމިއްޔަތަށް ލޮޅުން އަޅާ ކޮންމެ ފަހަރަކު އެކަމުން ގައުމު ސަލާމަތްކުރަން އެންމެ އިސް ސަފުގައި ތިބޭ ބައެއް ކަމަށެވެ.

ބޮޑު ތިލަދުންމަތިން ނިސްބަތްވެގެން އުފެދުނު މި ވެރިކަން ދެމެހެއްޓުމުގައި ރައްޔިތުން ދެމި ތިބެން ޖެހޭ ކަމަށާއި ބޮޑު ތިލަދުންމަތީގެ ފަސް ގޮނޑި ޕީޕީއެމް-ޕީއެންސީއަށް ހޯދައިދެން މަސައްކަތް ކޮށްދެއްވުމަށް ރައްޔިތުންގެ ގާތުގައި އަބްދުއްރަހީމް އެދިވަޑައިގެންނެވިއެވެ.

މި ސަރުކާރުގެ ޓިކެޓުގައި ވާދަކުރައްވާ އެ ފަސް ކެނޑިޑޭޓުންގެ ނަން ވަކި ވަކިން ކިޔުއްވަމުން އަބްދުއްރަހީމް އެ ގޮނޑިތައް ސަރުކާރަށް ހޯދައި ދިނުމަކީ ބޮޑުތިލަދުންމަތީގެ ރައްޔިތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ހުރިހާ ކަމެއް ހުއްޓާލުމަށް ފަހުވެސް އެކަން ކުރަން އަބްދުއްރަހީމް އެދިވަޑައިގެންނެވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް