Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރޯދަމަހަށް ހަނދު ބެލުން އަންނަ މަހުގެ 10 ގައި

ރޯދަމަހަށް ހަނދު ބެލުން އަންނަ މަހުގެ 10 ގައި

ކުރިއަށް އޮތް ރޯދަމަހަށް ހަނދު ބެލުން އަންނަ މަހުގެ 10 ވަނަ ދުވަހު އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

އެ އިދާރާ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރޯދަމަހުގެ ހަނދާ ގުޅޭ ކަންކަމުގައި ވަކި ގޮތެއް ނިމެންދެން އަންނަ މަހުގެ 10 ވާ އާދިއްތަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން އެ އިދާރާ އާއި ރަށްރަށުގެ ކޯޓުތަކާއި ރަށު ކައުންސިލުގެ އިދާރާތަކާއި އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށެވެ.

ޑީޖޭއޭއިން ބުނީ ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މި ނޫން ވެސް މިފަދަ މުހިންމު މައުލޫމާތު ދޭންޖެހޭ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ކަލަންޑަރުގައިވާ ގޮތުން މިއަހަރު ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ މާޗު 11 އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް