Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިންތިހާބުގެ ބިލް މިއަދުން މިއަދަށް ތަސްދީގު ކުރަން ހިސާން ގޮވާލައްވައިފި 

އިންތިހާބުގެ ބިލް މިއަދުން މިއަދަށް ތަސްދީގު ކުރަން ހިސާން ގޮވާލައްވައިފި 

ސުޕްރީމް ކޯޓުން މީގެ ކުރިން އިއްވާފައިވާ ހުކުމްގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުން ދެ ވަނަ ފަހަރަށް ބިލެއް ފާސްކުރުމުން، އެ ބިލެއް ވަގުތުން ވަގުތަށް ތަސްދީގު ކުރަން ޖެހޭނެ ކަމަށް އިދިކޮޅު އެމްޑީޕީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރަން ހުށަހެޅި ބިލް ތަސްދީގު ނުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވާލުމުން ދެ ވަނަ ފަހަރަށް އެ ބިލް މިއަދު ފާސްކުރީ މަޖިލިސް ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 14 މެންބަރުން ވޯޓު ދެއްވިއެވެ. މި ނިންމުމާއި ގުޅިގެން މިއަދު އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް އެގޮތަށް އޮތުމުން ބިލް ތަސްދީގު ނުކުރައްވައި ލަސްކުރުމުގެ އެއްވެސް އިހުތިޔާރެއް ރައީސަށް ނެތް ކަމަށެވެ. ހިސާން ވިދާޅުވީ އެއް ބާރު އަނެއް ބާރުގެ މައްޗަށް އަރައިގަނެ, ނުފޫޒު ފޯރުވަމުންދާތަން ވަރަށް ބޮޑަށް ފެންނަމުންދާ ކަމަށާއި އެ ނުފޫޒުތައް ހުއްޓުމަކަށް އަންނަންޖެހޭ ކަމަށެވެ. އަދި އިންސާނީ ބާރު ނުފޯރާ ކަމެއް ދިމާނުވާ ނަމަ ލަސްނުކޮށް ރައީސް ބިލު ތަސްދީގު ކުރައްވަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވަމުން ހިސާން ވިދާޅުވީ މިއަދުން މިއަދަށް އެ ބިލު ރައީސް ތަސްދީގުކުރައްވަން ޖެހޭނެ ކަމަަށެވެ. "އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއަދުން މިއަދަށް ރައީސް އެ ބިލު ތަސްދީގުކުރަން ޖެހޭ. އެއީ ގާނުން އަސާސީގެ ރޫހަކީ. އެއީ ގާނުން އަސާސީ ލާޒިމްކުރާ ގޮތަކީ" ހިސާން ވިދާޅުވިއެވެ. ބިލް ތަސްދީގު ނުކުރައްވައި، ރައީސް ކޯޓަށް ވަޑައިގަންނަވަން ވިސްނަވާ ނަަމަ، ހިސާން ވިދާޅުވީ އެއީ ހަމަޖެހޭ ކަމަކަށް ނުވާނެ ކަމަށެވެ. އަދި އުއްމީދަކީ  ސަރުކާރަށް ސުޕްރީމް ކޯޓު މެދުވެރިކޮށް އިންތިހާބުތަކަށް ނުފޫޒު ފޯރުވަން މަގު ނުދެއްވުން ކަމަށް ހިސާން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް