Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރީ ރަޖިސްޓްރީ ކުރަން ހުޅުވާލުން އަވަސްކޮށްފި، މި މަހު 10 ގައި

ރީ ރަޖިސްޓްރީ ކުރަން ހުޅުވާލުން އަވަސްކޮށްފި، މި މަހު 10 ގައި
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ. ކުރިން، މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައި އޮތް މަޖިލީހުގެ އިންތިހާބު ރޯދަ މަހާ ދިމާވާތީވެ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ރޯދަ މަހު އިންތިހާބު ނުބޭއްވެ ގޮތަށް ބިލެއް ފާސްކޮށްފައެވެ. އެއާއެކު މިހާރު ހަމަޖެހިފައިވާ ގޮތުން އިންތިހާބު އޮންނާނީ ރޯދަ މަސް ނިމިގެން 10 ދުވަސް ފަހުންނެވެ. އެ ބިލު ރައީސް ޑރ މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާއެކު އީސީން މިހާރު ކަނޑައަޅާފައިވާ ގޮތުން އިންތިހާބު އޮންނާނީ އަންނަ މަހުގެ 21 ވާ އާދިއްތަ ދުވަހުއެވެ. އިންތިހާބު ބާއްވާ ތާރީހު ފަސްވުމުން އިތުރަށް ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި، އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވެފައިވެއެވެ. ނަމަވެސް ރީ ރަޖިސްޓްރީކުރަން ލިބޭނީ ތިން ދުވަސް ކަމަށްވާތީވެ، އާއްމުންގެ ކަންބޮޑުވުންތަކެއް ހުރުމުން ކުރިން ކަނޑައެޅި ތާރީހަށްވުރެ އަވަހަށް، މި މަހުގެ 10 ވަނަ ދުވަހު ރީ ރަޖިސްޓްރީކުރަން ހުޅުވާލަން އީސީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ''ދެން'' އަށް މިއަދު ވިދާޅުވީ ރީ ރަޖިސްޓްރީކުރަން ހަފްތާއެއްގެ މުއްދަތު ލިބޭނެ ކަމަށެވެ. ރީ ރަޖިސްޓްރީ ކުރުން ހަމަވާނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އީސީން ބުނެފައިވާ ގޮތުން އިންތިހާބު ފަސްކުރުމުން އެ ތާރީހަށް 18 އަހަރު ފުރޭ މީހުން ހިމެނުމުން ކުރިން ލިސްޓުގައި ނެތް 560 މީހަކަށް ވޯޓު ލިބުމުގެ ހައްގު ލިބެއެވެ.

އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރާއިރު އޭގެ ތެރޭ ހިމެނެނީ 326 ފިރިހެން ކެންޑިޑޭޓުން 42 އަންހެން ކެންޑިޑޭޓުންނެވެ. ވިހި ވަނަ މަޖިލީހަށް 93 ދާއިރާއަކުން މެންބަރުން އިންތިހާބު ކުރާނެއެވެ.

އަމިއްލަ ގޮތުން 130 ކެންޑިޑޭޓުން ވާދަކުރާއިރު ހަތް ސިޔާސީ ޕާޓީއަކުން 22 އަންހެނުންނާއި 216 ފިރިހެނުންނާއެކު، ޖުމުލަ 238 ކެންޑިޑޭޓުން ވާދަކުރާ ކަމަށް އީސީން މައުލޫމާތުދެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް