Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާފުށީގައި މާރާމާރީތަކެއް، ދެ މީހަކު ހައްޔަރަށް

މާފުށީގައި މާރާމާރީތަކެއް، ދެ މީހަކު ހައްޔަރަށް

ކ. މާފުށީގައި މިއަދުގެ ވަގުތެއްގައި ދެ މާރާމާރީއެއް ހިންގާފައިވާ ކަމަށާއި އެ މާރާމާރީތަކާ ގުޅިގެން ދެމީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މާފުށީގައި މާރާމާރިއެއްގައި އަނިޔާ ލިބިފައިވާ މީހަކަށް އެ ރަށު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް މިއަދު ފަތިހު 05:30 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެއީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ އެމީހާއަށް މިހާރު ފަރުވާ ދެމުންދަނީ ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުގައި ކަމަށެވެ.

Advertisement
Ooredoo — Square (box)

އެ ރަށުގައި މިއަދު ހިނގި އިތުރު މާރާމާރިއަކާ ގުޅިގެން އިތުރު ދިވެހި ދެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ހައްޔަރު ކުރި ދެމީހުންނަކީ ފަތިހު ހިންގި މާރާމާރީގައި ބައިވެރިވި ބައެއްކަމަށް މިހާތަނަށް ބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް