ޚަބަރު

މަގުމައްޗަށް ކުނީގެ ގޮތުގައި ދޫކޮށްލާފައި ހުރި 281 އުޅަނދެއް ނައްތާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ބަހައްޓާފައިހުރި 281 އުޅަނދެއް ނައްތާލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

Ads by STELCO

އެ މިނިސްޓްރީން ބުނީ ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން މި ހަފްތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ކުރެވުނު މަސައްކަތުން ގިނަ ދުވަސްވަންދެން ބޭނުންނުކޮށް މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި އުޅަނދު ތަކުގެ ތެރެއިން ޖުމްލަ 123 އުޅަނދު ނައްތާލެވިފައިވާ ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 281 އުޅަނދު ނައްތާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ބާވެ މަގުމަތީ އަޅާ ނުލާ ހުރި އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަނީ ޓްރާންސްޕޯޓް މިނިސްޓްއާ މާލޭ ސިޓީ ކައުންސިލާއި ފުލުހުންނާއި ވެމްކޯއާ އެމްޓީސީސީގެ އިތުރުން އެޗްޑީސީ ގުޅިގެންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއީ އެއްގަމު އުޅަނދު ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް މިނިސްޓްރީން ކުރާ މަސައްކަތެއް ކަމަށެވެ.

މާލޭގެ އިތުރުން ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަދުވަސްވަންދެން ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތައް ވެސް ދެނެގަނެ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ އުޅަނދުތައް މަގުމަތިން ނަގާ ނައްތާލާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!