Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާލެ ސަރަހައްދުގައި 30 މިސްކިތެއްގައި ހިފްޒުކޮށް ތަރާވީސް ކުރާނެ

މާލެ ސަރަހައްދުގައި 30 މިސްކިތެއްގައި ހިފްޒުކޮށް ތަރާވީސް ކުރާނެ

މި ރަމަޟާން މަހު މާލެ ސަރަހައްދުގައި 30 މިސްކިތެއްގައި ހިފްޒުކޮށް ތާރާވީސް ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގައި 30 މިސްކިތެއްގައި ހިފްޒުކޮށް ތަރާވީސް ނަމާދު ކުރާނެ ކަމަށެވެ.

އެގޮތުން ހިފްޒުކޮށް ތަރާވީސް ކުރާނީ މާލެއިން 18 މިސްކިތަކާއި ހުޅުމާލެއިން 11 މިސްކިތެއްގެ އިތުރުން ވިލިމާލެއިން އެއް މިސްކިތުގައި ކަމަށެވެ.

Advertisement
Allied — Dhen Online (box)

އަދި މާލެ ސަރަހައްދުގައި ހިފްޒު ނުކޮށް 18 މިސްކިތެއްގައި ތާރާވީސް ނަމާދު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ. މީގެ ތެރޭގައި މާލޭގެ 13 މިސްކިތަކާއި ހުޅުމާލެއިން ތިން މިސްކިތެއްގެ އިތުރުން ވިލިމާލެއިން ދެ މިސްކިތެއް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ މި ރަމަޟާން މަހު ތަރާވީސް ކުރާ ދިވެހިންގެ ތެރޭގައި އަލަށް ތަމްރީންކޮށް ތަރާވީސް ކުރުމުގެ ހުއްދަ ހޯދާފައިވާ 16 ޒުވާނަކުވެސް ހިމެނޭ ކަމަށެވެ.

ހަމަ އެހެންމެ މާލެ ސަރަހައްދުގައި ތަރާވީސް ކުރުމަށް 32 ދިވެހި ހާފިޒުން ހަމަޖައްސާފައި ވާއިރު ބިދޭސީ 18 ހާފިޒަކު ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް