Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހަބީބްގެ ދެ ދައުރު ހަމަވެ، ކޮމިޝަނުން ވަކިވެވަޑައިގެންފި

ހަބީބްގެ ދެ ދައުރު ހަމަވެ، ކޮމިޝަނުން ވަކިވެވަޑައިގެންފި

އިލެކްޝަން ކޮމިޝަން (އީސީ) ގެ ނައިބް ރައީސް އިސްމާއިލް ހަބީބްގެ މެމްބަރުކަމުގެ ދެ ދައުރު މިއަދު ހަމަވެއްޖެއެވެ.

އީސީގެ މެމްބަރުކަމުގެ ދެވަނަ ދައުރަކަށް ހަބީބް އައްޔަން ކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ.

މެމްބަރެއްގެ ގޮތުގައި އަދި މުވައްޒަފެއްގެ ގޮތުގައި ހަބީބް، އީސީގައި 21 އަހަރު މަސައްކަތްކޮށްފައިވެއެވެ

Advertisement
Ooredoo — Truecaller (box)

އެކްސްގައި އާއްމުކުރެއްވި ޕޯސްޓެއްގައި ހަބީބް ވިދާޅުވީ ފާއިތުވެދިޔަ 21 އަހަރު އީސީގެ މެމްބަރެއްގެ ހައިސިއްޔަތުންނާއި އަދި ކޮމިޝަންގެ މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ލިބުނު ފުރުސަތު ފާހަގަކޮށް މުއައްސަސާތަކާއި ޕާޓީތަކުގެ އިތުރުން ނޫސްވެރިންނަށް ޝުކުރު އަދާކޮށްފައެވެ.

https://twitter.com/IsmailHabeeb/status/1767699579762610551

މިއީ ހަބީބް އީސގެ މެންބަރުކަން ކުރައްވާ ދެވަނަ ދައުރަކަށްވާއިރު ގާނޫނު ބުނާ ގޮތަށް ހަބީބަށް އިތުރު ދައުރަކަށް ކުރިމައްޗެއް ނުލެވޭނެއެވެ. އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވާނީ މި އަހަރުގެ ނޮވެމްބަރު މަހުއެވެ.

ހަބީބުގެ ދައުރު ހަމަވާތީ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ވަނީ މި މަހުގެ 18 ވަނަ ދުވަހު ހުޅުވާލިއެވެ.

ހަބީބުގެ ބަދަލުގައި މެމްބަރުކަމަށް ކުރިމަތިލި ހަސަން ޒަކަރިއްޔާ އެ މަގާމަށް އައްޔަން ކުރުމަށްޓަކައި ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާގެ ނަން މަޖިލީހަށް ފޮނުއްވާފައެވެ. ޒަކަރިއްޔާ އަކީ މިހާރު އީސީގެ ސެކްރެޓަރީ ޖެނެރަލެވެ. ޒަަކަރިއްޔާގެ ނަން ފޮނުވީ މެންބަރުކަމަށް ކުރިމަތިލާން އާންމުކޮށް އިއުލާން ހުޅުވައިލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިންނެވެ.

ހަބީބް މެމްބަރުކަމުން ރިޓަޔާ ކޮށްފައިވާއިރު ދެ ދައުރު އަދާކޮށްފައިވާނަމަ އިނާޔަތާއި އެކު ރިޓަޔާވެވޭ ގޮތަށް އެ ކޮމިޝަންގެ ގަވާއިދަށް ދާދި ފަހުން ވަނީ އިސްލާހު ގެނެސްފައެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް