ދިވެހި ދެ ފުލުހަކު، ސިންގަޕޫރު ފުލުހުންގެ ކޯހެއް ފުރިހަމަކޮށްފި

ސިންގަޕޫރުގެ ޕޮލިސް ފޯސް އިން ހިންގި ސީނިއާ އޮފިސާ ބޭސިކް ކޯސް، ދިވެހި ދެ ފުލުހަކު ފުރިހަމަކޮށްފިއެވެ.
ފުލުހުން ބުނީ އެއީ މިދިޔަ އަހަރުގެ މޭ މަހުގެ 22 އިން ފެށިގެން 10 މަސްދުވަހަށް ކުރިއަށް ގެންދިޔަ ކޯހެއް ކަމަށެވެ.
އެ ކޯސް ފުރިހަމަކޮށްފައި ވަނީ އިންސްޕެކްޓާ އޮފް ޕޮލިސް ޒުލްފިގާރު އާދަމް އާއި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަދުނާން ޝަހީމްއެވެ.
އެ ކޯހުގައި އެ ދެ ފުލުހުންގެ އިތުރުން ސިންގަޕޫރު ފުލުހުން ހިމެނޭހެން 20 ފުލުހުން ބައިވެރިވިއެވެ.