ތިނަދޫގައި މިއަދު ހުކުރު ކުރީ އެންމެ ޒުވާން ޚަތީބު

ޒުވާން ޚަތީބުން ތަމްރީނު ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން ގދ. ތިނަދޫގައި، މިއަދުގެ ހުކުރު ނަމާދު އަލަށް އިމާމުވެ ޒުވާން ހާފިޒު އާހިލް މުހައްމަދު ޒާހިރު ކޮށްފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ އާހިލް އިމާމުވެ ހުކުރު ކޮށްފައިވަނީ އެ ސިޓީގެ އެއްމެ މައި އެއް މިސްކިތް, މަސްޖިދުއްޝައިހު ސިދުގީ (އިސްލާމީ މަރުކަޒުގައި) ކަމަށެވެ.
އޭނާ އަކީ ތިނަދޫ މިސްކިތެއްގައި އިމާމްވެ ހުކުރު ނަމާދު ކުރެއްވި އެއްމެ ޒުވާން ޚަތީބު ކަމަށް ޝަހީމް ވިދާޅުވިއެވެ. އާހިލް އަކީ ތިނަދޫ ސްކޫލްގެ ސެކަންޑަރީ ގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރެކެވެ.
އަލަށް ތަމްރީންވި ހަތަރު ޒުވާނަކު ވަނީ މާލެ ސަރަހައްދުގެ ބައެއް ބޮޑެތި މިސްކިތްތަކުގައިވެސް އިމާމުވެ ހުކުރު ކޮށްފައެވެ. އެެއީ ތައިބާ މިސްކިތާ، އީދު މިސްކިތާ، މާލޭ ހުކުރު މިސްކިތުގެ އިތުރުން ހުޅުމާލޭގެ މަސްޖިދުލް އަމާނީ މިސްކިތެވެ.
<img class="aligncenter wp-image-215610 size-full" src="https://cdn.dhen.mv/wp-content/uploads/2024/03/431141457_810633987560847_8120456164128404241_n.jpg" alt="" width="1024" height="682" />
ތައިބާގައި ހުކުރު ކުރީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ސުލައިމް މުހައްމަދު ލަތީފެވެ. އީދު މިސްކިތުގައި އިމާމުވެ ހުކުރު ކުރީ އަބްދުލްމަތީން މުހައްމަދެވެ. ހުކުރު މިސްކިތުގައި ހުކުރުކުރީ ނައުފަން ނިޔާފްއެވެ. އަމާނީ ގައި އިމާމުވެ ހުކުރު ނަމާދުކުރީ ރާއްޖޭގެ ފުރަތަމަ އޯޓިސްޓިކް ހަތީބު ހުސެއިން ޒައިން އަލީއެވެ.
https://twitter.com/Mohamedshaheem1/status/1768555301882716500
ޒުވާން ޚަތީބުން ތަމްރީނު ކުުރުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި 160 ކުދިންނާ އިންޓަވިއުކޮށް މި ޕްރޮގްރާމަށް ހޮވުނު ބައެއް ކުދިން މިހާރު ވަނީ ތަމްރީންކޮށްފައެވެ.







ކޮމެންޓް