Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރަޝީދު މަރުވި އޮޕަރޭޝަންގައި ފުލުހުންގެ މައްސަލައެއް ނެތް: އިހުސާން

ރަޝީދު މަރުވި އޮޕަރޭޝަންގައި ފުލުހުންގެ މައްސަލައެއް ނެތް: އިހުސާން

ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ހުއްޓާ އެރަށު އަބްދުﷲ ރަޝީދު، މަރުވި މައްސަލައިގެ އޮޕަރޭޝަންގައި ފުލުހުންގެ އެއްވެސް އިހުމާލެއް ނެތް ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި އެ މަރާ ގުޅޭ ގޮތުން ސުވާލުކުރައްވާފައިވަނީ މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާނެވެ. ފިރުޝާން ވަނީ ނެޝަނަލް އިންޓެގްރިޓި ކޮމިޝަންގެ ތަހުގީގުން ފުލުހުންނަށް ކޮށްފައިވަނީ ފަރުވާކުޑަ ކުރުމުގެ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ތުހުމަތުކޮށް ދައުވާ ކުރަން ފޮނުވި ނަމަވެސް މިހާތަނަށް ދައުވާ ކޮށްފައިނުވަނީ ކީއްވެތޯ ސުވާލުކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ, އެ މައްސަލައިގައި އިންޓެގްރިޓީ ކޮމިޝަނުން ގޮތެއް ނިންމައި ދައުވާ ކުރަން ފޮނުވި ވާހަކަ މީޑިއާތަކުން އެނގުނު ކަމަށާއި އެ މައްސަލައިގެ ރިޕޯޓު ހޯދަން އެދިފައިވާނެ ކަމަށެވެ.

Advertisement
HDC — Sidebar (box)

ނަމަވެސް އެ މައްސަލައިގައި ޕީޖީން މިހާތަނަށް ދައުވާ ކޮށްފައި ނުވަނީ ކޮން ސަބަބަކާ ގުޅިގެން ކަން ނޭނގޭ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މި މައްސަލައާ ގުޅިގެން ފުލުހުންގެ އޮޕަރޭޝަނަލް މައްސަލަތަކެއް ހުރިތޯ ބަލާނެ ކަމަށާއި މިހާތަނަށް ބެލި ބެލުމުން ފުލުހުން އެ ވަގުތު އަމަލުކޮށްފައިވާ ގޮތުގެ މައްސަލަތަކެއް ފާހަގަވެފައިނުވާ ކަމަށެވެ.

ނަމަވެސް އެންއައިސީއިން ކަމެއް ފާހަގަކޮށްފިނަމަ އެކަމަކާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް