ޚަބަރު

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު އަލުން އެކުލަވާލަނީ، ކުރިމަތިލާން ހުޅުވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުުން އެކުލަވާފައިވާ ވޭޖް އެޑްވައިޒަރީ ބޯޑަށް އަލުން އެކުލަވާލުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Sosun Fihaara

މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބަާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކިއެކި ވިޔަފާރިކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތްކުރަމުންދާގޮތް ބަލައި ދެނެގަތުމަށާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 1-59 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ "މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" އަލުން އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

މި ބޯޑުގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  • ފަތުރުވެރި ކަމުގެ ދާއިރާ ތަމްސީލުކުރާ ޖަމްއިއްޔާތަކުގެ ފަރާތުން,
  • ކޮންސްޓްރަކްޝަންގެ ސިނާއަތުގެ ދާއިރާ ތަމްސީލުކުރާ ޖަމްއިއްޔާތަކުގެ ފަރާތުން
  • އަންހެން ވިޔަފާރިވެރިންގެ ދާއިރާ ތަމްސީލުކުރާ ޖަމްއިއްޔާތަކުގެ ފަރާތުން
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ ތަމްސީލުކުރާ ޖަމްއިއްޔާތަކުގެ ފަރާތުން
  • ވަޒީފާ އަދާކުރާ ފަރާތްތައް ނުވަތަ މަސައްކަތްތެރިން ތަމްސީލުކުރާ ޖަމްއިއްޔާތަކުގެ ފަރާތުން

އެ ދާއިރާތަކުގެ ފަރާތުން "މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" ގައި އިންނެވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 25 މާރިޗު 2024 ގެ 23:59 ގެ ކުރިން ފޯމު ފުރުއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

Ads by Allied Insurance
  1. ގޮދާ ހަސަނު

    ކޮންމެ ވެރިކަމެއްބަދަލުވީމައި ކުރީގެ ވެރިކަމުގައި ފަށާފައި ހުރި ހުރިހާކަމެއް އަލުން އެކުލަވާލައި ފަށަން ޖެހޭގޮތައް މި ގެންގުޅެވޭ ވިސްނުން ބަދަލުވާކަށް ނުޖެހޭބާ؟ ކޮންމެކަމެއްއަލުން ފަށަން ޖެހުނީމަ، ގައުމު ނޮންނާނީ އަބަދު އަލުން ފަށަންޖެހިފަ.