ޚަބަރު

ކުނިން ހަކަތަ އުފެއްދުމުގެ މަސައްކަތަށް ޗައިނާއިން އެހީވަނީ

އައިޝަތު ނިއުޝާ ، ދެން އޮންލައިން
ޗައިނާގެ ސީއެންޓީވައި ކުންފުންޏާއި އެންވަޔަރަމެންޓު މިނިސްޓްރީއާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެންވަޔަރަމެންޓު މިނިސްޓްރީ

ތިލަފުށީގައި ކުނިން ހަކަތަ އުފެއްދުމުގެ މަސައްކަތަށް ޗައިނާއިން އެހީވުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

Ads by Hajj Corporation

އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ ތިމާވެށި ހިމާޔަތްކުރުމާއި، ކުނިން ހަކަތަ އުފެއްދުމުގެ އެއްބަސްވުމެއްގައި  ޗައިނާ ޓިޔަންޔިން (ސީއެންޓީވައި) ކުންފުންޏާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މިނިސްޓަރު ތޯރިގު ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ލޯ ކާބަން އާބަން ޑިވެލޮމަންޓްގެ ދާއިރާއިން ސީއެންޓީވައިއިން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކަކީ ރާއްޖޭގެ ގައުމީ ތަރައްގީ އާއި ތިމާވެށީގެ ހިމާޔަތަށް ކުރިއަށް ގެންދާނެ މަސައްކަތްތަކެއް ކަމަށެވެ.

އެ ކުންފުންޏަކީ މީގެ ކުރިން ވެސް ރާއްޖޭގައި މިފަދަ މަޝްރޫތައް ކުރިއަށް ގެންދިޔަ ކުންފުންޏެކެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. ޗައިނާގެ ކުންފުނީގެ ފަރާތުން އެކުންފުނީގެ ރައީސް ކާއޮ ޑެބިއާއޮ އެވެ.

މި އެއްބަސްވުމުގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. ތިލަފުށީގައި ހިންގާ ވޭސްޓް ޓު އެނާޖީ މަޝްރޫގެ ދެ ފިޔަވައްސަށް އެކުންފުނީގެ ފަރާތުން، ސްޓޭކްހޯލްޑަރުންނާއި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ކަންކަން ބަލަހައްޓާ އިދާރާތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތައް ކުރާނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ބުންޏެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!