ޚަބަރު

ކޮވިޑް-19: ފީވަކުން މީހަކު ފައްސިވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ށ.ފީވަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.

Ads by STELCO

އޮންލައިން ނޫސް "ތިލަދުން" ގައި ބުނެފައިވާ ގޮތުގައި ފައްސިވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. ނަމަވެސް ހޯމު ކަރަންޓީނުގައި ހުރެ އޭނާ އެރަށުން ބަޔަކާއި ބައްދަލު ވެފައިވާތީ، އެމީހުން އަމިއްލައަށް މިހާރު ކަރަންޓީނު ވެފައި ވާކަމަށް ވެސް އެ ނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ.

ހޯމް ކަރަންޓީނަށް ރަށްރަށަށް ދާ މީހުން ފައްސިވާ މިންވަރު އިތުރުވެފައިވާއިރު، މިއަދު އެކަނިވެސް 8 ރަށަކުން ވަނީ ކޮވިޑް-19 ގެ ކޭސްތައް ފެނިފައެވެ. އެގޮތުން ފީވަކުގެ އިތުރުން ދ.ކުޑަހުވަދޫއިން 4 މީހުން، ޅ.ނައިފަރުން 4 މީހުން، ރ.އިންގުރައިދުއިން 4 މީހުން، ބ.އޭދަފުށީން 4 މީހުން، ގއ.ދާންދޫއިން 2 މީހުން އަދި ރ.ރަސްމާދޫ އިން މީހަކު ވަނީ ފައްސިވެފައެވެ. ކުޑަހުވަދޫން މިއަދު ފައްސިވި މީހުންގެތެރޭގައި 1 މަހުގެ ތުއްތު ފިރިހެން ކުއްޖަކު ވެސް ހިމެނެއެވެ. އަދި އޭދަފުށީން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ތިންމަހުގެ ތުއްތު އަންހެން ކުއްޖަކު ވެސް ހިމެނެއެވެ.

ފައްސިވި 20 މީހުންގެ ތެރެއިން 6 މީހުންނަކީ އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!