Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރޯޝަނީ މަގުގައި ގްރޫޕަކުން މާރާމާރީ ހިންގައިފި، ދެ މީހަކު ހައްޔަރަށް

ރޯޝަނީ މަގުގައި ގްރޫޕަކުން މާރާމާރީ ހިންގައިފި، ދެ މީހަކު ހައްޔަރަށް

މާލޭ ރޯޝަނީ މަގުގައި މިރޭ މާރާމާރީ ހިންގައިފިއެވެ.

މިޑީއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެކަމެއް ހިނގީ ރޯޝަނީ މަގުގައި ހުންނަ ފުޑް ޓޭކްއަވޭ އައުޓްލެޓަކަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަމަށެވެ.

އައުޓްލެޓަށް ގެއްލުން ދޭން އުޅުނު މީހާއާ ބަޔާކައި ދެމެދު ކުރިމަތިލުންތަކެއް ހިނގިއެވެ. އެ މީހާ އަށް ހަމަލާ ދިނުމަށް ފަހު އެ މީހުން މަސައްކަތްކުރީ ފިލަންށެވެ.

Advertisement
Allied — Dhen Online (box)

ފުލުހުން ބުނީ ހައްޔަރުކުރީ ޓޭކްއަވޭ އައުޓްލެޓަށް ގެއްލުން ދިން ކަމަށް ތުހުމަތުކުރެވޭ މީހާ އާއި މާރާމާރީ ހިންގުމަށް ފަހު ފިލަން އުޅުނު މީހުންގެ ތެރެއިން މީހެއް ކަމަށެވެ.

https://twitter.com/Shifan4040/status/1771548871845388428

މާރާމާރީގެ ވީޑިއޯ ވަނީ މީސްމީޑިއާގައި އާންމުވެފައެވެ. ފެންނަނީ، ހަ ވަރަކަށް ޒުވާނުން އައިސް މަގުމަތީގައި ހުރި ޒުވާނެއްގެ ގައިގައި ތަޅަމުންދާ މަންޒަރެކެވެ.

ބިންމައްޗަށް ވައްޓާލައިގެން ފައިން ހަމަލާދެމުންދާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް