ޑެޕިއުޓީ މޭޔަރަށް ދިން ހަމަލާ ސިޓީ ކައުންސިލުން ކުށްވެރިކޮށްފި

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝަށް ދިން ހަމަލާ އެ ކައުންސިލުން ކުށްވެރިކޮށްފިއެވެ.
ނަރީޝަށް ހަމަލާ ދީފައިވަނީ މިއަދުގެ ވަގުތެއްގައި ގއ. މާމެންދޫއިންނެވެ. މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ، މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.
ނަރީޝަށް ހަމަލާދިން ބަޔަކު ވީ އެންމެ އަވަހަކަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ފުލުހުންނާއި ކަމާބެހޭ މުވައްސަސާތަކަށް އެ ކައުންސިލުން ގޮވާލައްވާފައިވެއެވެ.
މި ހަމަލާއާއި ގުޅިގެން ނަރީޝް މި ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާމެންދޫ ބަނދަރަށް ފޭބިތަނުން މީހަކު އައިސް ގޮށްމުށް ކަވާފައި ބުރަކަށްޓަށް ދެ ފަރަހަށް ހަމަލާދިން ކަމަށެވެ.
ގޮށްމުއްކަވާފަ ދެފަހަރަށް ބުރަކަށީގައި ޖެހީ. ދެން ހޮޅިބުރިއެއް ނަގައިގެން ޖަހަންވާއިރަށް އެތަނުގައި ތިބި މީހުން އޭނާ ހިފެހެއްޓި،" ނަރީޝް ވިދާޅުވިއެވެ. ނަރީޝް އަށް ހަމަލާދިން މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.


.webp)


ކޮމެންޓް